ކައުންސިލްތަކުގެ ފައިސާގެ މުއާމަލާތްތައް ފަހިޕޭއިން ޑިޖިޓަލްކޮށް ބެލެހެއްޓޭނެގޮތް ހަދައިފި

ެރތ-1.jpg

ރާއްޖޭގެ ކައުންސިލްތަކަށް ބަލައިގަންނަ ފައިސާއާ ގުޅޭ ހުރިހާ މުއާމަލާތްތަކެއް ޑިޖިޓަލްކޮށް ބެލެހެއްޓޭނެ ގޮތް ފަހިޕޭއިން ތައާރަފު ކޮށްފިއެވެ.

މިޕޯޓަލަކީ, ރަށު ކައުންސިލްތަކާ ސިޓީ ކައުންސިލްތަކަށް ވަންނަ ހުރިހާ ފައިސާއެއްގެ ރެކޯޑް ބެލެހެއްޓޭނެ ފެންވަރަށް ތައްޔާރުކޮށްފައިވާ, ޒަމާނީ ޕޭމަންޓް ނިޒާމެއް ކަމަށް ފަހި ޕޭ އިން ބުނެއެވެ. އަދި ކައުންސިލްތަކަށް ޕޯޓަލް ބޭނުންކުރަން ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.

މި ޕޯޓަލް ފަރުމާކޮށްފައިވަނީ މިޕޯޓަލް ބޭނުންކުރާ ކައުންސިލްތަކުގެ ބިލްތައް ކަސްޓަމަރުންނަށް ފަހިޕޭ އެޕް މެދުވެރިކޮށްވެސް ދެއްކޭ ގޮތަށެވެ. އަދި ފަހިޕޭ އެޕާ ގުޅިފައިވާ މި އެޕަކީ ފައިސާގެ މުއާމަލާތް ތަކަށް ކަރުދާސް ބޭނުންކުރުން ނިމުމަކަށް ގެނެސް ޚަރަދު ސަލާމަތް ކުރެވޭނެ ފަސޭހަ ނިޒާމެއް ކަމަށް ފަހި ޕޭއި އިން މައުލޫމާތު ދެއެވެ.

މި ޕޯޓަލްގެ ސަބަބުން ކައުންސިލްތަކަސް ލިބޭ ފަސޭހަ ތަކުގެތެރޭގައި ކައުންިސލަށް ބަލައިގަންނަ ފައިސާގެ ހިސާބުތައް ދުވަހުންދުވަހަށް ރެކޯޑްކޮށް ރައްކާކުރުމާއި ފައިސާގެ ރަސީދު އޮޓޮމެޓިކްކޮށް ތައްޔާރުކުރެވޭނެ ނިޒާމެއް އޮތުމުގެ އިތުރުން ރިކަރިންފީ ނުވަތަ މަހު ފީތައް އޮޓޮމެޓިކް ނިޒާމެއްގެ ތެރެއިން ޖަނެރޭޓް ކުރެވުމާއި ކުނި ބިލް ފަދަ މުނިސިޕަލް ޚިދުމަތްތަކުން ނަގާ އެކިއެކި ފީތައް ބަލައިގަނެ, ރެކޯޑްކޮށް, މަހުންމަހަށް އަދާހަމަކުރެވުން ހިމެނެ އެވެ. ހަމައެހެންމެ އޮންލައިންކޮށް ފައިސާގެ މުއާމަލާތް ފުރިހަމަކުރުމަށް ފަހިޕޭ އެޕްއާ ލިންކުވެފައި ވުމާއި ފައިސާ ދައްކަންޖެހޭ ކަމުގެ ނޮޓިފިކޭޝަން ކަސްޓަމަރުންނަށް ލިބުންވެސް ހިމެނެ އެވެ.

މިޚިދުމަތް ބޭނުންކުރުން މުޅިން ހިލޭ ދޫކޮށްލާއިރު ޝައުގުވެރިވާ ކައުންސިލްތަކުން 4007004 އަށް ގުޅުއްވައިގެން އިތުރު މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް މައުލޫމާތުދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top