ޚަތީބުން ޖުއްބާލައިގެން ހުކުރު ނަމާދު ކުރާގޮތަށް ހަމަޖައްސައިފި

DSCN2884.jpg

ހުކުރުނަމާދު އިމާމްވެ ކުރާ ޚަތީބުން ޖުއްބާލައިގެން ހުކުރު ނަމާދު ކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

މިއުސޫލަށް އަމަލުކުރަން ފެށީ ހުކުރު ކުރާ ހުރިހާ ޚަތީބުންނަކީވެސް އެއްގޮތަކަށް، އެއް މިންގަނޑަކަށް ހެދުން އަޅާ ބަޔަކަށް ހަދައި، އިމާމުންނާއި ޚަތީބުންގެ ހައިބަތު ދެމެހެއްޓުމުގެ މަގުސަދުގައި ކަމަށް އެމިނިސްޓްރީން ބުންޏެވެ.

މިވަގުތު ހަމައެކަނި މާލޭ ސަރަހައްދުގެ ޚަތީބުން މިގޮތަށް އަމަލުކުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިގޮތަށް އަމަލުކުރަން ފަށާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ކުރާ ހުރިހާ ޚަތީބުންނަށް މިކަމަށް ވަކި އެލަންވަންސެއް ކަނޑައަޅައި، ކޮންމެ އަހަރަކުވެސް މިނިސްޓްރީން ޖުއްބާއާއި ތާކިހާ ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ.

އިމާމުވެ ހުކުރު ނަމާދުކުރާ ހުރިހާ ޚަތީބުން ޖުއްބާ ލައިގެން ކުރިންވެސް ހުކުރުކުރަމުން ދިޔަ އެވެ. ނަމަވެސް ވަކި ގޮތަކަށް ކަނޑައެޅިގެން ވަކި އުސޫލެއްގެ ދަށުން ހެދުން އެޅުމުގެ މިންގަނޑު ހިފެހެއްޓުނު މިއީ ފުރަތަމަ ފަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top