އޭދަފުށި ކައުންސިލަށް ދައްކަންޖެހޭ ފައިސާ އެއް ނޯންނާނެ: ވިލާ ކޮލެޖް

52.jpg

ވިލާ ކޮލެޖް އޭދަފުށީ ކެމްޕަސް ނަންބޯޑު. / ފޮޓޯ: ވިލާކޮލެޖް

ވިލާ ކޮލެޖުން އޭދަފުށީ ކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާ އެއް ނޯންނާނެކަމަށް އެކޮލެޖުން ބުނެފިއެވެ.

ވިލާ ކޮލެޖުން މިހެން ބުނެފައިވަނީ ވިލާ ކޮލެޖުގެ އޭދަފުށި ކެމްޕަސް ހިންގި އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލްގެ އިމާރާތަށް ކުލީގެ ގޮތުގައި ފަސްދޮޅަސް ހަތްހާހަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތްކަމަށް އޭދަފުށީ ކައުންސިލާ ހަވާލާ ދެއްވައި އޭދަފުށީ ވޮއިސް ގައި ޝާއިއު ކޮށްފައިވާ ލިއުމަކަށް ރައްދު ދެއްވަމުންނެވެ.

“ވިލާކޮލެޖުން 2014 ވަނައަހަރުގެ ނިޔަލަށް ކުއްޔަށް ދޫކޮށްފައިވާގޮތަށް ކުލި ދައްކާފައިވެއެވެ. ނަމަވެސް 2015ވަނަ އަހަރާ، 2016 ވަނައަހަރުގެ މެއިމަހާއި ހަމައަށް ފައިސާ ދައްކާފައެއް ނުވެއެވެ. އެފައިސާތަކުގެ ޖުމްލަ އަދަދަކީ 67،916.67ރ އެވެ.” ކައުންސިލުން ވިދާޅުވިއެވެ.

ވިލާކޮލެޖްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ.އަލީ ނަޖީބު އީވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ވިލާ ކޮލެޖް އޭދަފުށީގައި ހިންގި ބަހިއްޔާ އިމާރާތުގެ ކުއްޔަށް ދައްކަންޖެހޭ 67000 ރުފިޔާއެއްގެ ވާހަކަ އަޑުއަހާފައި ކުއްލި ހައިރާން ކަމެއް ލިބުނު ކަމަށެވެ. އެހެންނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށާއި ފައިސާ ދައްކަންޖެހޭ ކަމަށް ވާނަމަ އެކަމާ ބެހޭ ލިޔެކިއުންތަކެއްވެސް ހުންނަން ޖެހޭނެކަމަށާއި އެފަދަ ލިއުމެއް އޭދަފުށީ ކައުންސިލަކަށް ނުދެއްކޭނޭ ކަމުގައެވެ.

” ކައުންސިލަށް ފައިސާ އެއް ދައްކަން ޖެހިފައިވާ ނަމަ އެކަމާ ލިޔެ ކިއުންތަކެއްވެސް ހުންނަން ޖެހޭނެ. އެކަހަލަ އެއްވެސް ކަމެއް ނެތި އަދި މިފަރާތުގެ ބަހެއް ހޯދުމަކާ ނުލައި މިފަދަ ޚަބަރެއް ނޫހުގައި ޖެހުމަކީ އަޅުގަނޑުމެން ހިތާމަ ކުރާ ކަމެއް . “ކައުންސިލަށް ރައްދު ދެއްވަމުން އަލީ ނަޖީބު ވިދާޅުވިއެވެ.

ނަޖީބު އިތުރަށް ވިދާޅުވީ ވިލާ ލޮކެޖްގެ 7 ކެމްޕަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ އިރު ހުރިހާތަނެއްވެސް ހިންގަމުން އަންނަނީ ވަރަށް އޮމާންކަމާއެކު ކައުންސިލްތަކުގެ އެއްބާރުލުމާއެކުގައި ކަމަށެވެ.

“ހަގީގަތުގައި އޭދަފުށީގައި ވިލާ ކެމްޕަސް އެއް އުފެއްދީ އޭދަފުށްޓަކީ އާބާދީގެ ގޮތުންބަލާއިރު އެވަރުގެ ބޮޑު އިންވެސްޓެއް ކޮށްގެން ހިންގަން އެންމެ އެކަށީގެން ރަށެއް ނޫން. އެކަމަކު އޭދަފުށްޓަކީ ތައުލީމީގޮތުން ކުރިއަރާ ފައިވާ ރަށަކަށްވެފައި ވިލާކޮލެޖްގެ ރެކްޓަރ އަހްމަދު އަންވަރު ވަރަށް ލޯބިވާ ރަށަކަށް ވާތީއާ ޗެއަރމަން ގާސިމްވެސް ބޭނުންފުޅުވީ މިރަށުގައި ވިލާ ކޮލެޖްގެ ކެމްޕަސް އެއް ހިންގަން. އެކަމަށް ބޮޑު އިންވެސްޓެއްވެސް ކުރެވުނު. އެކަމަކު ކުރުކޮށް ދަންނަވާނަމަ ނުއަގުގައި ހިންގަމުން ގެންދިޔައީ.”

ވިލާކޮލެޖް އޭދަފުށީ ކެމްޕަސް ހުޅުވުނީ 2013 ވަނައަހަރުގެ ފެބުރުއަރީގައެވެ. ބަހިއްޔާ ޕްރީ ސްކޫލްގެ ދެވަނަބުރީގައި ކުރިޔަށްގެންދިޔަ އެކެމްޕަސް 2016 މެއިމަހުން ފެށިގެން ހިންގަމުން ގެންދިޔައީ އެސްޓީއޯ އޭދަފުށީ ފިހާރަ ހުރި އިމާރާތުގެ ބައެއްގައެވެ. އެހެންނަމަވެސް އެއިމާރާތްވެސް މިހާރު ވިލާކޮލެޖުން ބޭނުމެއް ނުކުރެއެވެ. މިވަގުތު ވިލާ ކޮލެޖުން އަންނަނީ އޭދަފުށީގައި އާކޯސްތަކެއް ފެށުމަށް ތައްޔާރުވަމުންކަން ފާހަގަ ކޮށްލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top