ފެން ކުންފުނިން ކުރާ މަސައްކަތް ބައްލަވައިލެއްވުމަށް އެމްޑީ. ކެންދުއަށް

FetiTUSVQAEs5ci.jpg

ބ.ކެންދޫގައި މޯލްޑިވްސް ވޯޓާ އެންޑް ސެނިޓޭޝަން އޮތޯރިޓީ (އެމްޑަބްލިޔުއެސްސީ ) އިން ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ހިނގާ ގޮތް ބައްލަވައިލެއްވުމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު އެ ރަށަށް ވަޑައިގެންިފިއެވެ.

ޝާހުގެ މި ދަތުރުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓްގެ ޓީމެއްމ ވެސް ބައިވެރިވެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ކެންދޫގައި ކުރިއަށްދާ ފެނާއި ނަރުދަމާ ނިޒާމުގެ ދަށުން އާރުއޯ ފެސިލިޓީއާއި، ޓޭންކުތަކުގެ ފައުންޑޭޝަނާއި ބޯ ހޯލް ތޮރުފުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ފެށީ މިދިޔަ މޭމަހުއެވެ.

މި މަސައްކަތުގެ ތެރެއިން އެރަށުގައި 5.26 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކްއެއް ޤާއިމް ކުރާނެއެވެ.

މި މަސްރޫއުގެ ދަށުން ފެން ފޯރުކޮށްދިނުމަށް ހަދާ އާރުއޯ ޕްލާންޓް ބަހައްޓާ އިމާރާތް މިހާރު ނިމުމަކާ ކައިރި ވެފައިވާއިރު، ފެން އުފެއްދުމަށް އާރްއޯ ދެ ޕްލާންޓް ބަހައްޓައި އެއިން އުފައްދާ ފެން ރައްކާކުރުމަށް ތިން ތާނގީ ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 4.88 ނަރުދަމާ ނެޓްވޯކެއް އެޅުމާއި 556 މީޓަރުގެ ޕަންޕިން ލައިން އެއް އަޅާ 2 ޕަންޕު ސްޓޭޝަނާއި ސީ އައުޓްފޯލް އެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކެންދޫގެ ފެނާއި ނަރުދަމާގެ މަސްރޫއުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އިން އެމްޑަބްލިއުއެސްސީ އާ ހަވާލުކުރީ 56.24 މިލިއަން ރުފިޔާއަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top