އޭދަފުށީގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި

DSCN3530.jpg

އޭދަފުށީގެ ހިއްކި ބިން - އީވީ ފައިލް ފޮޓޯ

ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި އޭދަފުށީގައި 100 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް މިއަދު އިއުލާނު ކޮށްފިއެވެ.

އޭދަަފުށީގައި 100 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއިން މިއަދު އިއުލާނު ކޮށްފައިވަނީ 9 ރަށެއްގައި ޖުމްލަ 800 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ކުރި އިއުލާނުގައި ހިމަނައިގެންނެވެ.

އެ މިނިސްޓްރީން މިއަދު ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި ޑިޒައިންކޮށް އިމާރާތްކުރާ އުސޫލުން 800 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަށް ރާއްޖޭގެ އިތުރުން ބޭރުގެ ކުންފުނިތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ހިންގާ އެ މަސައްކަތަކަށް ބީލަން ހުށަހަޅާ އިރު ވަކިވަކި ރަށްތަކަށް ނުވަތަ ހުރިހާ ރަށަކަށް ވެސް އަގު ހުށަހެޅިދާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 24 ވަނަ ދުވަހު އެވެ.

މިމަޝްރޫއުގެ ދަށުން ހަދާ ގެތަކުގައި ހިމެނެން ޖެހޭނެ ކޮޓަރީގެ އަދަދެއް އިއުލާނު ގައި ބުނެފައެއް ނުވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top