މިފްކޯގެ ރޯދަ ހަދިޔާ : ފަސްމީރު މަސްދަޅު އަގު ހެޔޮކޮށްފި

l_2132864.jpg

ފެލިވަެރުގައި މިފްކޯގެ ފަރާތުން އުފައްދާ ފެލިވަރު މަސް ދަޅު - ފޮޓޯ : ސަން.އެމްވީ

ރޯދައާ ދިމާކޮށް މިފްކޯއިން އުފައްދާ ފަސްމީރު މަސްދަޅުގެ އަގު ކޭހަކުން 100ރު. ވަނީ ހެޔޮކޮށްފައެވެ.

މިފްކޯގެ ފަރާތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު އަދުލީ އިސްމާއިލް ވިދާޅުވީ، ފެލިވަރު މަސް ކޭހުންނާއި މަސްދަޅުން އަގުހެޔޮކުރީ ރައްޔިތުންނަށް ރަމަޟާން މަހާ ދިމާކޮށް ހަދިޔާއެއް ދިނުމުގެ ބޭނުމުގައެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މިފްކޯގެ ފަރާތުންވަނީ ފެލިވަރުގައި އުފައްދާ 4 ބާވަތެއްގެ ދަޅު އަގު ހެޔޮޮކޮށްފައެވެ. އެގޮތުން ކުރިން 739ރުފިޔާއަށް ވިއްކަމުން އައި ފެންމަސްދަޅު ކޭހެއްގެ މިހާރުގެ އަގަކީ 635ރުފިޔާއެވެ. ކުރިން 779ރުފިޔާއަށް ވިއްކަމުން އައި ތެޔޮމަސްދަޅު ކޭހެއް މިހާރު ވިއްކަނީ 106ރުފޔާ އަގުހެޔޮކޮށް 670ރުފިޔާއަށެވެ.

މަސްދަޅު ކޭހުގެ އަގަށް ގެނައި ބަދަލާ އެކު ވަކިން ވިއްކާ އަދުވއެސް ވަނީ ދަޅަކުން 2 ރުފިޔާ އަގު ހެޔޮކޮށްފައެވެ.  އެގޮތުން ފެން މަސްދަޅެއް 15.75 ރުފިޔާއިން 13.75 ރުފިޔާއަށް، އިކޮނޮމީ ޕެކް ފެން މަސްދަޅެއް 15.50 ރުފިޔާއިން 12.50 ރުފިޔާއަށް، ތެޔޮ މަސްދަޅެއް 16.50 ރުފިޔާއިން 14.50 ރުފިޔާއަށް، އަދި އިކޮނޮމީ ޕެކް ތެޔޮ މަސްދަޅެއް 15.25 ރުފިޔާއިން 13 ރުފިޔާއަށް ވަނީ އަގުހެޔޮކޮށްފަ އެވެ.

މިފްކޯގެ އެމްޑީ ވިދާޅުވި ގޮތުގައި، މިއަދުން ފެށިގެން މިފްކޯގެ ހުރިހާ ފިހާރައަކުން މަސްދަޅު ވިއްކާނީ އެ އަގުތަކުގަ އެވެ.

 

އަދުލީ ވިދާޅުވީ ރަމަޟާން މަހަކީ މިފްކޯގެ އެންމެ ވިޔަފާރި ރަނގަޅު މަސް ކަމަށްވާ އިރު، އިތުރުވާ ނިސްބަތުން ތަކެތީގެ އަގު ހެޔޮކުރަމުން ދާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ރޯދަ މަހަށް މަސްދަޅުގެ ސްޓޮކު ހުސްވެގެން އުޅެންޖެހޭ ހާލަތެއް މެދުވެރި ނުވާނެ ކަމަށެވެ.

“ރައްޔިތުންނާ ހަމައަށް ގެނެސްދޭނަން، އާންމުކޮށް ގެއެއްގައި ކާން ބޭނުންކުރާ ވަރަށް ކޮންޓިނުއަސްކޮށް. ރޯދަ މަހު ފެލިވަރުން ސްޓޮކެއް ހުހެއް ނުވާނެ،” އަދުލީ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top