ކަރަންޓް ދަނީ އިންޖީނުތަކަށް އޮބިނޯވެގެން – އޭދަފުށީ އިންޖީނުގެ

10542911_564327093673624_7421005565409657913_n.jpg

އޭދަފުށި އިންޖީނުގޭގެ މުވައްޒަފުން އިންޖީނު މަރާމާތު މަސައްކަތެއްގައި. ކަރަންޓް ކެނޑެނީ އިންޖީނުތަކަށް އޮބިނޯވެގެންކަމަށް އޭދަފުށީ އިންޖީނުގެއިން ބުނޭ / ފައިލް ފޮޓޯ

މިއަދު މެންދުރުން ފެށިގެން އޭދަފުށީގެ ބޮޑުބަޔަކުން ކަރަންޓް ކެނޑި ރަށުގެ ރައްޔިތުންނަށް ދަތި އުނދަގޫތަކަކާ ކުރިމަތިވެއްޖެއެވެ.

އޭދަފުށީ އިންޖީނުގެއިން އީވީއަށް މައުލޫމާތުދެމުން ދެންމެ ބުނީ މެންދުރު 1 ޖަހާއެއހާކަން ހާއިރު މުޅިރަށުން ކަރަންޓް ކެނޑިފައިވަނީ އިންޖީނުތަކަށް އޮބިނޯވެގެންކަމަށެވެ. އަދި މިވަގުތުވެސް ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ކަނޑާލާފައިވާކަމަށް އޭދަފުށީ އިންޖީނުގެއިން ބުންޏެވެ.

އޭދަފުށީ އިންޖީނުގޭގެ މެނޭޖަރ އަހްމަދު އަންވަރު ވިދާޅުވީ މިހާރު އިންޖީނުގޭގައި ހުރި ކެޕޭސިޓީން މިރަށަށް ފުދޭ ވަރު ނުވާކަމާއި މިކަން ވެރިންގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނެސްފައިވާ ކަމުގައެވެ.

“ޚާއްސަކޮށް މި ހޫނު މޫސުމުގައި މިކަން (ކަރަންޓް ކެނޑުން ) ތަކުރާރުވާނެކަމަށާއި މިކަން ހައްލު ކުރެވޭތޯ ކެނޑިނޭޅި މިދަނީ މަސައްކަތް ކުރަމުން .” އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ މައްސަލަ ހައްލުކުރެވޭތޯ ޓެކްނިކަލްޓީމުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށާ، އިތުރު އަޕްޑޭޓެއް މިވަގުތު ދެވެން ނެތްކަމަށެވެ.

ފެނަކައިން ހިންގަމުން ގެންދާ އޭދަފުށީ އިންޖީނުގޭގައި މިހާރު ބޭނުންކުރަމުން ގެންދަނީ 400 ކިލޯވޯޓް، 300ކިލޯވޮޓް އަދި 600 ކިލލޯވޯޓްގެ ޖަނަރޭޓަރެކެވެ. މައުލޫމާތު ލިބޭގޮތުން މިއަދު މައްސަލަ ޖެހިފައިވަނީ 600 ކިލޯވޮޓް އިންޖީނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top