ބ.އަތޮޅު ހޮސްޕިޓަލުގައި އަޅާ އިމާރާތް ، ޑިޒައިންކުރަން ބަޔަކާ ހަވާލުކޮށްފި

DSCN7555-800x490-800x490.jpg

ބ.އަތޮޅު ހޮސްޕިޓަލުގައި އެޅުމަށް މިއަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ އިމާރާތް، ޑިޒައިން ކުރަން ބަޔަކާ ހަވާލު ކޮށްފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ޑިޒައިން ކުރަން ހަވާލު ކޮށްފައިވަނީ އެޕޮކް އެސޯސިއޭޝަނާ އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު މިކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

މިނިސްޓަރ އަމީން މިއަހަރު ޖެނުއަރީ 21 ގައި އޭދަފުއްޓަށް ވަޑައިގެން އެދުވަހު އޮތް “މަދިރި އާއި ބަލިފަތުރާ އެހެނިހެން ސޫފާސޫފި މަދުކުރުމުގެ ތަމްރީނު ޕްރޮގްރާމް” ނިމުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބ. އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ ލެބޯޓަރީ އާއި އެހެން ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ބަޖެޓުގައި ފައިސާނެތަސް މިއަހަރު ފަށާނެކަމަށް ވަނީ ވިދާޅުވެފައެވެ.

“އޭދަފުށީ ހޮސްޕިޓަލަށް ބޭނުންވާ ލެބޯޓަރީ އަދި އެހެނިހެން ވަސީލަތްތަށް މިއަހަރު ފޯރުކޮށް އިތުރަށް ތަރައްގީ ކުރާނެ، ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަކީ ބޮނޑު ޒިންމާއަކަށް ވިޔަސް، ބަޖެޓުގައި ފައިސާ ނެތަސް މިއީ ނުކޮށް ދޫކޮށްލެވޭވަރު ކަމެއް ނޫން،” މިނިސްޓަރު އެދުވަހު ވިދާޅުވިއެވެ.

އަތޮޅު ހޮސްޕިޓަލުގައިއެޅުމަށް ހަމަޖެހިފައިވާ އިމާރާތް ޑިޒައިން ކުރުމަށް ބަޔަކާ ހަވާލު ކޮށްފައިވާއިރު މިކަމަށް މިއަހަރުގެ ބަޖެޓްގައި 20 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top