މަޝްހޫރު ދިވެހި ބޭސްވެރިޔާ، ކެންދޫ ދޮން ޔޫސުފް ނިޔާވެއްޖެ

103897_47d321f6-e_.jpg

ޔޫސުފް ހުސައިން (ދޮން ޔޫސުފް) – ފޮޓޯ: ރައީސް އޮފީސް

ކެންދޫއާއި ބ.އަތޮޅަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި މަޝްހޫރު ދިވެހި ބޭސްވެރިޔާ ، ކެންދޫ ޔޫސުފް ހުސެން (ދޮން ޔޫސުފް) ނިޔާވެއްޖެއެވެ.

ދޮން ޔޫސުފް ނިޔާވެފައިވަނީ މުސްކުޅި ބަލީގައި އުޅުއްވުމަށްފަހު މިއަދު ހެނދުނު 6:30 އެހާކަށް ހާއިރު  ކެންދޫގައި އަމިއްލަ ގޭގައެވެ. ނިޔާވިއިރު އަނތްބަކާއި ހަތް ކުދިން ދުނިޔޭގައި އެބަތިއްބެވި އެވެ. އޭނާގެ ދަރިންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފްހިމެނެއެވެ.

ދޮންޔޫސުފް އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ކެންދޫ ކަތީބުކަމާއި ކުޑަކަތީބުކަމާއި މުދިންކަން ހިމެނެއެވެ. މީގެ އިތުރުން ދޮން ޔޫސުފަކީ ދިވެހި ބޭސް ވެރިކަމުގައި ވަރަށް ގިނަ ދުވަހު ހިލޭ ސާބަހަށް މަސައްކަތް ކުރައްވާފައިވާ އިތުބާރު ދިވެހި ބޭސް ވެރިއެކެވެ.

މިކަން ގައުމީ ފެންވަރުގައި ފާހަގަ ކުރައްވައި އޭނާއަށް ވަނީ ސަރުކާރުން ދެއްވާ ދިވެހި ބޭސްވެރިކަމުގެ ރޮނގުން ބޭސްވެރިކަމުގެ އާންމު ޚިދުމަތުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. އޭނާ އަށް ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތީ 2007 ގަ އެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވީ 1991 ވަނަ އަހަރު އެވެ.

ދޮން ޔޫސުފްގެ ޖަނާޒާގެ ކަންތައް މިހާރު ކުރިއަށް އެބަދެއެވެ.ކަށުނަމާދުކުރާނެ ވަގުތު އަދި އާއިލާއިން އިއުލާނެއް ނުކުރެއެވެ.

ދޮން ޔޫސުފްގެ ދާއިމީ ވަކިވެ ދިއުމާގުޅިގެން ކެންދޫއަށާއި އާއިލާއަށް ލިބުނު ފުން ހިތާމައިގާ “އޭދަފުށީ ވޮއިސް” ބައިވެރިވަމުއެވެ. އާއިލާއަށް ކެތްތެރިކަން ދެއްވައި ތައުޒިޔާ ކިޔަމުއެވެ. އެމަރުހޫމާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަމުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top