ދަޅަކްގެ ޓްރެއިލާ ދައްކާލައިފި

693636-dhadak.jpg

ފިލްމް ދަޅަކްގައި ޖާންވީއާއި އިޝާން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކަޕޫރާއި މި އަހަރު ދުނިޔެ ދޫކުރި ބޮލީވުޑް ސުޕަސްޓާ ބަތަލާ ސްރީދޭވީ ދޮށީ ދަރިފުޅު، ޖާންވީ ކަޕޫރްގެ ފުރަތަމަ ފިލްމު “ދަޅަކް” ގެ ޓްރެއިލާ އިއްޔެ އާއްމު ކޮށްފިއެވެ.

ޓްރެއިލާ ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ޖާންވީ ބުނީ މިއަދު މަންމަ ގެ ހަނދާންތައް ވަރަށް ބޮޑަށް އާވާ ކަމަށާ ފިލްމުގެ ޝޫޓިންގއަށް ފުރަތަމަ ދުވަހުގެ ދިޔައީ މަންމަ އާއެކު ކަމަށް ވާތީ އެދުވަހު މަންމަ ދެއްކި ވާހަކަތަކާ އެކު އެހަނދާންތައް ވަރަށް ބޮޑަށް ކުރެވިގެން ދާ ކަމުގައެވެ.

މި ހަފްލާގައި ނޫސްވެރިއަކު ، މި ދާއިރާއިން ކުރިއަށް ދިއުމަށް މަންމަ ދިން ނަސޭހަތަކީ ކޮބައިތޯ އެހުމުން ޖާންވީ ބުނީ މަންމަ ދިން އެންމެ އަގުހުރި ނަސޭހަތަކީ “ހިތްވަރާއެކު މަސައްކަތް ކުރުމަށާ ،ކުރާ ކޮންމެ ކަމެއްވެސް ޝައުގުވެރިކަމާއެކު ކުރުމަށް. ” ކަމަށެވެ. ޖާންވީ ބުނީ އޭނާ މަސައްކަތް ކުރާނީ އެގޮތަށް ކަމުގައެވެ.

“ދަޅަކް” އަކީ މަރާޓީ ސުޕަހިޓް ފިލްމެއް ކަމަށްވާ “ސައިރަތް” ގެ އެޑަޕްޓޭޝަނެކެވެ.

އަންނަ ޖުލައި 20 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ޑައިރެކްޓަރަކީ ޝަޝާންކް ޚައިތަން އެވެ. އެ ފިލްމުގެ ޕްރޮޑިއުސަރަކީ ކަރަން ޖޯހަރެވެ. ކަރަން ޖޯހަރަކީ ވަނީ އާ ތަރިންތަކެއް ބޮލީވުޑަށް ތައާރަފްކޮށް އެ ތަރިންގެ ހުނަރު ދައްކާލާފައިވާ ބޮލީވުޑްގެ އެންމެ ފުންނާބު އުސް އެއް ޑައިރެކްޓަރ އެވެ.

ދަރްމާ ޕްރޮޑަކްޝަންސް އިން އުފެއްދި މި ފިލްމްގެ މަސައްކަތް ފަށައިފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top