ފިޔާ އެކްސްޕޯޓް ކުރުން އިންޑިއާއިން މެދުކަނޑާލައިފި. ރާއްޖެއަށް ދަތިކަމެއް ނެތް.

DSCN8033.jpg

އީވީ ފައިލް ފޮޓޯ

އިންޑިއާގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފިޔާ ސަޕްލައި ކުރުމަށް ދަތިވުމާ ގުޅިގެން އިންޑިއާ ސަރުކާރުން ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފިއެވެ.

މިކަމުގެ ސަބަބުން އިންޑިއާގައި ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އިންޑިއާގެ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑްގެ އޮފީހުން އިއްޔެ ނެރުނު އެންގުމެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު 14 ވަނަ ދުވަހުން ފެށިގެން އިންޑިއާއިން އެހެން ގައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން މަޑުޖައްސާލުމަށެވެ.

އިންޑިއާއިން އެހެން ގައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލި ނަމަވެސް މިދިޔަ މަހު އިންޑިއާއިން އާ ކޮށްދީފައިވާ ކޯޓާގެ ދަށުން ރާއްޖެއަށް ބޭނުންވާ ވަރަށް ދަތިކަމެއް ނެތި ފިޔާ ލިބޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެއެވެ.

އިންޑިއާއިން ކޯޓާ އާކޮށްދީފައިވާ ކާބޯތަކެތީގެ ބާވަތްތަކަކީ ހަނޑޫ، ހަކުރު، ފުށް، ފިޔާ، ބިސް، އަލުވި އަދި މުގެވެ. ކޯޓާ އާކޮށްދީފައިވާ އިމާރާތްކުރުމަށް ބޭނުންވާ ސާމާނަކީ ހިލަ އާއި ހިލަވެއްޔެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އިންޑިއާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކަރްނާޓަކާ އާއި އަންދްރަ ޕްރަދޭޝް ފަދަ ސްޓޭޓްތަކުގައި ހުރި ގިނަ އަދަދެއްގެ ފިޔާ ދަނޑުތައް ވަނީ ހަލާކުވެފައެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ ތެރޭގައިވެސް އިންޑިއާގައި ފިޔާ އަގުބޮޑުވުމާއި ގުޅިގެން އެގައުމުން ފިޔާ އެކްސްޕޯޓްކުރުން ހުއްޓުވާފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top