ރެޑްވޭވުން ނިއުޒީލޭންޑްގެ ”މަޖަން“ކިރު ތައާރަފްކޮށްފި 

ރީޓެއިލް އާއި ހޯލްސޭލްވިޔަފާރީގައި ރައްޔިތުންނަށް އެންމެ ބޭނުންތެރި މުދާ އެންމެ އަގުހެޔޮކޮށްވިއްކާ މަޝްހޫރު ރެޑްވޭވް ކުންފުނިން ނިއުޒީލޭންޑްގެ ”މަޖަން “ކިރު ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

ހިކިކިރު އުފައްދައި ދުނިޔޭގެ ގައުމުތަކަށް ފޯރުކޮށްދޭ މަޖަން ބްރޭންޑްގެ ހިކި ކިރު ރެޑްވޭވުން ރާއްޖޭގައި ވިއްކާނީ ބާޒާރުގައި މިހާރު ވިއްކާ ކިރުގެ އެހެން ބާވަތްތަކަށް ވުރެ 20 ޕަސެންޓާއި 30 ޕަސެންޓް އަގު ހެޔޮކޮށް ކަމަށް ރެޑްވޭވުން މައުލޫމާތު ދެއެވެ.

އާ ބްރޭންޑެއްގެ ހިކި ކިރު ތައާރަފްކޮށް އަގު ހެޔޮކޮށް ވިއްކަން ނިންމީ ރައްޔިތުންނަށް ހެޔޮ އަގުގައި ހިކި ކިރު ފޯރު ކޮށްދިނުމުގެ ބޭނުމުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

މަޖަން ބްރޭންޑްގެ ހިކި ކިރަކީ ހުރިހާ ބޭނުމަކަށް ބޭނުން ކުރެވޭނެ ވިޓަމިން އޭ އަދި ޑީ ހިމެނޭ ފައިދާ ހުރި ކިރެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top