ކާނަލް މަތީނަށް ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް މަގާމުގެ ކުރިއެރުން ދެއްވައިފި

0001.jpg

ފޮޓޯ :އެމްއެންޑީއެފް .ޖީއޯވީ.އެމްވީ

އެމްއެންޑީއެފްގެ ކާނަލް ރޭންކުގައި ހުންނެވި އޭދަފުށީ ދިލްކަޝްވިލާ އަބްދުލްމަތީން އަހުމަދަށް ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް މަގާމުގެ ކުރިއެރުން ދެއްވައިފިއެވެ.

އަބްދުލް މަތީން އަހްމަދަކީ އޭދަފުށީ ދިލްކަޝްވިލާ އަހްމަދު އަލީއާއި، އޭދަފުށީ ކާމިނީގޭ މާޖިދާއާއި ކައިވެނި ބައްލަވައިގެން ލިބިފައިވާ ފަސް ކުދިންގެ ތެރެއިން އެކެކެވެ. އޭނާ އިބްތިދާއީ ތައުލީމު ފުރިހަމަ ކުރެއްވީ އޭދަފުށީ މަދްރަސަތުލް ބަހިއްޔާ އިންނެވެ. މާލެއަށް ބަދަލުވެވަޑައިގަތީ މަތީ ތައުލީމަށް ކިޔެވުމަށެވެ.

މަތީނާއެކު ކާނަލް ރޭންކުގައި ތިއްބެވި ތިން އޮފިސަރަކަށްވެސް ވަނީ ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް މަގާމުގެ ކުރިއެރުން ދެއްވައިފައެވެ.

މި ހަތަރު އޮފިސަރުންނަށް ބްރިގޭޑިއަރ ޖެނެރަލް މަގާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ސޯލިހެވެ. އަދި މަގާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިއާ ދީދީއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top