ރާއްޖޭގެ ސްކޫލްތަކުގެ ފުރަތަމަ ޓާމްނިމި 10 ދުވަހުގެ ޗުއްޓީއެއް މިއަދު ފަށައިފި އެވެ.
ފުރަތަމަ ޓާމްގެ ރިޕޯޓްފޮތާއެކު މިއަދު ސްކޫލްތައް ބަންދުވުމަށްފަހު ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ އަންނަ ޖޫން މަހުގެ 9ވަނަ ދުވަހުއެވެ.
ދެވަނަ ޓާމް ފެށޭއިރު އާ ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހިލޭ ނާސްތާ ދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ. ނާސްތާ ޕައިލޮޓް ޕްރޮގްރާމްގެ ދަށުން މިއަހަރުގެ ކިޔެވުން ފެށުމާއެކު 25 ސްކޫލެއްގައި ދޭން ވަނީ ފަށާފައެވެ.
މި އަހަރުގެ ތައުލީމީ ބަޖެޓަކީ ތިން ބިލިއަން ރުފިޔާ އެވެ.
ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 12އާ ހަމައަށް ރާއްޖޭގައި 73،000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.