އާސަންދަ އަށް އޮންލައިންކޮށް އެދެވޭގޮތް ވެއްޖެ

230742_4_edf28a87d227ca017cea65bf9f0d32ae0ef9bb3d_large.jpg

އާސަންދަ އިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ހޯދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އާސަންދައިގެ ޚިދުމަތްތައް އޮންލައިންކޮށް ބޭނުންކުރުމަށް އިއްޔެ ތައާރަފު ކޮށްފައިވާ ވެބް ޕޯޓަލް އަކީ “މައި އާސަންދަ” އެވެ.

އޮންލައިންކޮށް ހިދުމަތް ހޯދޭނެ ގޮތް ހަމަޖެއްސުމާ ގުޅިގެން އާސަންދަގެ އެހީގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ މީހުން ޑޮކްޓަރުގެ ރިކޮމަންޑޭޝަން ފޯމު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުށަހެޅޭނީ ޕޯޓަލް މެދުވެރިކޮށެވެ.

އެ ކުންފުނިން ދޭ އެހެން ހިދުމަތްތައް ވެސް ޕޯޓަލް މެދުވެރިކޮށް ހޯދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނަށް ރެކޮމެންޑޭޝަން ފޯމު ޕޯޓަލްގެ ތެރެއިން ފުރައި ދިނުމާއި އާސަންދައިގެ އިތުރުން ވެލްފެއާގެ އެހީތެރިކަމަށް އެދި ހުށަހަޅާ ލިޔެކިޔުންތަކާއި އެޕްލިކޭޝަންގެ ސްޓޭޓަސް އާއި އެޕްލިކޭޝަން ކުރިއަށް ގެންދިއުމަށް އިތުރު ލިޔެކިޔުން ބޭނުންވާ ނަމަ، އެވެސް ޕޯޓަލްގެ ތެރެއިން ހުށަހެޅުން ހިމެނެ އެވެ.

“މައި އާސަންދަ” ޕޯޓަލް އަށް އީފާސް މެދުވެރިކޮށް ލޮގިން ވެވޭނެ އެވެ.

އާސަންދަ އިން ބުނި ގޮތުގައި މި ބަދަލާއި ފަސޭހައާ އެކީ ދެން ހިދުމަތްތައް ހޯދަން ކުންފުނީގެ ކައުންޓަރަށް ނުވަތަ “ވީރާ” ކައުންޓަރަށް ދާން ނުޖެހޭނެ އެވެ. އެކަމަކު އެ ތަންތަނުން ހިދުމަތް ހޯދުމަށް ބޭނުންވާ ނަމަ، އެ ފުރުސަތު އަދިވެސް އޮންނާނެ އެވެ.

އާސަންދަ ސްކީމްގެ ދަށުން ރާއްޖެ އާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު އެކަމަށް އެދެ އެވެ. އެ ކުންފުނީގެ ވެބްސައިޓުން ފެންނަ ގޮތުގައި، މި އަހަރުގެ މިހާތަނަށް ފަރުވާއަށް ރާއްޖެއިން ބޭރަށް 532 މީހުން ފޮނުވާފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top