ދެޑޯޒް ޖެހި މީހުންނަށް ލުއިދޭން ގޮތެއް ނުނިމުނު!

b_tBqSMzWvA9DakAmstRVtm3iUk.jpeg

ކޮވިޑްއިން ސަލާމަތްވުމަށް ދެޑޯޒް ވެކްސިން ފުރިހަމަކުރި މީހުންނަށް ލުޔެއް ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މީގެ ހަފްތާއެއްގެ ކުރިން އެޗްއީއޯސީން ބުނި ނަމަވެސް އެކަމަށް އަދިވެސް ގޮތެއް ނުނިންމާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ދެ ޑޯޒް ހަމަކޮށް ފައިވާ މީހުނަށް ދެވޭނެ ލުއިތަކާމެދު މަޝްވަރާ ކުރަމުންދާ ކަމަށް އެޗްއީއޯސީން ބުނުމުން ގިނަ ބަޔަކު ހީކޮށްގެން ތިބީ މިއަދު ލުއިތަކެއް ދިނުމަށް ނިންމައި އިއުލާނު ކުރާނެ ކަމަށެވެ. ނަމަވެސް މިއަދު އިއުލާނުކުރި ލުއިތަކުގައިވެސް ދެ ޑޯޒް ހަމަކޮށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުނަށް ދޭނެ ލުއިތަކުގެ ވާހަކައެއް ނުދައްކަވައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވީ ކޮވިޑް ވެކްސިން ފުރިހަމަ ކުރި މީހުންނަށް ލުއި ދިނުމާއި ގުޅޭގޮތުން ރޭވެސް ޓެގް ޓީމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް އެކަމާއި މެދު ގޮތެއް ނުނިންމުނު ކަމަށް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ލުއި ތަކެއް ދިނުމަށް ހުރި ހުރަހަކީ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ނިސްބަތް ކުޑަވުން ކަމަށެވެ. މުޅި ރާއްޖެއަށް ދެ ޑޯޒް ވެކްސިން ޖަހާފައިވަނީ 38 ޕަސެންޓް މީހުން ކަމަށާ ޖުލައި މަހުގެ ތެރޭގައި ދެ ޑޯޒް ފުރިހަމަ ކުރެވޭ މީހުންނާއެކު އިތުރު ލުއިތަކެއް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

“އަސްލުގަ ދެ ޑޯޒް ޖެހުނީމަ ގިނަ ރަށްރަށުގަ ވަރަށް ބޮޑު ލުއިތަކެއް އެބަ ދޭ. އަސްލުގަ އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ ކަމަކީ އަޅުގަނޑުމެން ބޭނުންވާ ވަރަށް ދެ ޑޯޒް ވެކްސިން ޖެހިފައެއް ނެތް. އެހެންވެގެން ރެސްޓްރިކްޝަންތަކެއް މި އަންނަނީ.” ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ 75 ޕަސެންޓް މީހުންނަށް ދެ ޑޯޒް ވެކްސިން ހަމަކުރުމުން މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށް މިނިވަންކަން ލިބިގެންދާނެ ކަމަށެވެ.

ސިއްހީ މާހިރުން ވިދާޅުވީ ވެކްސިނުން 100 ޕަސެންޓް ރައްކާތެރިކަން ނުލިބޭނެ ކަމަށާ ވެކްސިނުން ލިބޭނީ 70 ޕަސެންޓް ރައްކާތެރިކަން ކަމަށެވެ. ނަމަވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މަތިވަމުންދާއިރު އޭގެ ތެރޭގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ އަދަދު މަދުވުމަކީ ވެކްސިނުން ލިބޭ ރައްކާތެރިކަން ކަށަވަރު ކުރެވޭ ކަމެއް ކަމަށް އެ ބޭފުޅުން ފާހަގަ ކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top