ދިރާގު ހޯމް ފައިބާ އިންޓަނެޓް ޕެކޭޖްތަކުގެ އަގުހެޔޮކޮށްފި

304325_3_58e03426924bea49443c9fc5513dff97e82958e6_large.jpeg

އަންްނަ ޖުލައި 1 ވަނަ ދުވަހުން ފެށިގެން ދިރާގުގެ ހޯމް ފައިބާ ބްރޯޑްބޭންޑް ޕްކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޑޭޓާގެ އަގުތައް ހެޔޮކޮށްފި އެވެ.

މި ގެނައި ބަދަލާ އެކު މިހާރު 250ރ. އަށް 30ޖީބީ ލިބޭއިރު 490ރ. އަށް 120ޖީބީ އަދި 690ރ. އަށް 200ޖީބީ ލިބޭނެއެވެ.

މިއީ ސަރުކާރުން ހޯމް އިންޓަނެޓްގެ އަގު ހެޔޮކުރަން 27 މެއި 2021ގައި އިއުލާނުކުރި ފައިބާ ބްރޯޑްބޭންޑް ޕޯޓްފޯލިއޯއަށް އެއްބާރުލުން ދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.

މިއީ ސަރުކާރުން ކަނޑައަޅަފައިވާ އަގުތަކާ އަޅާ ބަލާއިރު ކުޑަ އަގުތަކެކެވެ. ސަރުކާރުން ކަނޑައަޅާފައިވާ އެންމެ ބޮޑު އަގަކީ 500ރ. އަށް 100ޖީބީ އަދި 700ރ. އަށް 200ޖީބީ އެވެ.

މީގެ އިތުރުން އެލަވަންސް ހުސްވުމުން ލިބޭ ސްޕީޑް ނުވަތަ ތްރޮޓަލް ސްޕީޑު ވެސް ދިރާގުން ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން 300ރ. އަށްވުރެ ދަށް ޕެކޭޖުތަކުގެ ސްޕީޑު 2 އެމްބީޕީއެސް އަށް އަދި އެހެން ހުރިހާ ޕެކޭޖެއްގެ ސްޕީޑު ވަނީ 5 އެމްބީޕީއެސް އަށް އިތުރުކޮށްފަ އެވެ.

ދިރާގުން ބުނީ އަލަށް ގެންނަ ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.

އެގޮތުން ކަސްޓަމަރުންނަށް ޕެކޭޖުތަކުން 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބޭނެ ކަމަށާއި އެހެންކަމުން މި ބަދަލާއެކު ޑޭޓާގެ އަގުތައް 50 ޕަސެންޓަށް ކުޑަކުރެވިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

އަލަށް ގެންނަ ބަދަލުތަކާ ގުޅޭ އިތުރު މައުލޫމާތުގެ ތަފުސީލު ދިރާގުގެ ޔޫޓިއުބް ޗެނަލުން ބަލައިލެވޭނެ އެވެ.

ހޯމް ފައިބާ އިންޓަނެޓް ޕްކޭޖްތަކަށް ގެންނަ ބަދަލުތައް 1 ޖުލައި 2021ގެ 00:00 އިން ފެށިގެން ކަސްޓަމަރުންނަށް ލިބެން ފަށާނެ އެވެ. އަދި ދުވަހުގެ 6:00 އަށް ހުރިހާ ކަސްޓަމަރުންނަށްވެސް މި ބަދަލުތައް ފެންނާނެ ކަމަށް ދިރާގުން ބުނެ އެވެ.

އެހެން ނަމަވެސް ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާފާނެ ކަމަށާއި އެހެންކަމުން ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތް ގެންގުޅޭ ކަސްޓަމަރުންނަށް ޕްކޭޖްތަކަށް އައިސްފައިވާ ބަދަލު ދިރާގު ވެބްސައިޓުގައިވާ “ޕެކޭޖް ޗެކާ“އިން ބަލާލެވޭނެ އެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކް އެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް ދިރާގުން ވަނީ މި ހިދުމަތް ފޯރުކޮށްދީފަ އެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top