ޓޫރިޒަމް މިނިސްޓްރީއަށް އިތުރު ތިން ޑެޕިއުޓީން

ތޮުރިސމ.jpg

ޓޫރިޒަމް މިނިސްޓްރީއަށް އިތުރު ތިން ޑެޕިއުޓީ މިނިސްޓަރުން އިއްޔެ އައްޔަން ކޮށްފި އެވެ.

އެ ތިން ބޭފުޅުންނަކީ އައްޝަދު ސައީދާއި ނާޝިމާ އަބްދުއްލަތީފުގެ އިތުރުން އިބްރާހީމް ސުއޫދެވެ.

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޓޫރިޒަމް މިނިސްޓްރީ އަށް ކުރިން ވެސް ވަނީ ދެ ޑެޕިއުޓީ މިނިސްޓަރުން އައްޔަންކޮށްފަ އެވެ. އެ ދެ ބޭފުޅުންނަކީ އިބްރާހީމް ޔޫސުފުފުޅާއި މުހައްމަދު ޔާމީން އަހުމަދެވެ.

އާ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކީ އިބްރާހީމް ފައިސަލް އަކީ ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް (އަދުރޭ) ގެ ދަރިކަލެކެވެ.

މި ސަރުކާރުން ބުނެފައިވާ ގޮތުގައި ސިޔާސީ މަގާމުތައް 700 އަށް ވުރެ ގިނައެއް ނުކުރާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top