ޒޯން ބުރުގެ ފުރަތަމަ ބުރުގެ ފުރަތަމަމެޗުން އޭދަފުށި ބަލިވެއްޖެ

IMG_9675.jpg

އޭދަފުށި ޓީމް

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުގެ ފުރަތަމަ މެޗުން އޭދަފުށި ބަލިވެއްޖެއެވެ.  ރ. އަލިފުއްޓާ ދެކޮޅަށް މާފަންނު މިނީ ދަނޑުގައި ރޭ ކުޅުނު މިމެޗުން އޭދަފުށި ބަލިވީ 1-4 ގެ ބޮޑު ތަފާތަކުންނެވެ.

މެޗު ފެށުމާއެކު އޭދަފުށި ޓީމުން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ލަނޑު ޖަހާފައިވަނީ އަލިފުށިންނެވެ. އޭގެ ފަހުންވެސް ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބު ނުވެ ފުރަތަމަހާފު ނިމުނީ އެއް ލަނޑުގެ ލީޑާއެކު އަލިފުށި ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ގިނަ އިރުތަކެއް ނުވެ އަނެއްކާވެސް އަލިފުށި ޓީމު އިތުރު ލަނޑެއް ޖަހައި އޭދަފުށި ޕްރެޝަރަށް ވައްޓާލިއެވެ. ނަމަވެސް އޭގެ އެންމެ މިނިޓެއް ފަހުން އޭދަފުށީ ޓީމުގެ ހަމައެކަނި ލަނޑު ހަމްދާން އަބްދުއްސައްތާރު ޖަހައި މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްލިއެވެ.

އިތުރު ލަނޑެއްޖެހުމަށް އޭދަފުށްޓަށް ލިބުނު ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި މެޗް ނިމެން އުޅެނިކޮށް އަލިފުށިން އިތުރު ދެލަނޑު ޖަހައި މެޗްގެ ނަތީޖާ 4-1 އަށް ބަދަލުކޮށްލިއެވެ.

ޒޯން ދޭއްގެ މެޗެއް މިރޭވެސް ކުޅެއެވެ. ބައްދަލުކުރާނީ އަލިފުށްޓާއި ނ. މާފަރެވެ. މި މެޗުން އަލިފުށި މޮޅުވެއްޖެ ނަމަ ޒޯން ޗެމްޕިއަންކަން އެޓީމަށް ލިބޭނެއެވެ. އެއްވަރު ކޮށްލިޔަސް ގަދަ 16 ކަށަވަރުވެގެން ދާނެއެވެ. އަލިފުއްޓާއި މާފަރުގެ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. އޭދަފުށި ކުޅޭ ދެވަނަ މެޗުގައި މާދަމާރޭ ހަމަ އެގަޑީގައި ނުކުންނާނީ މާފަރާ ދެކޮޅަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top