އަމިއްލަފުށިއަތުން ދުސިތުތާނީ މޮޅުވެއްޖެ

DSCN3261.jpg

އޭދަފުށީގައި އޮންނަ ފުޓްބޯޅަ ދަނޑުގައި މެޗެއް ކުޅެނީ -އިވީ ފޮޓޯ

އޭދަފުށީގައި މިޙާރު ކުޅެވެމުންދާ އިންޓަރރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު ދުސިތު ތާނީއާއި އަމިއްލަފުށި ރިސޯޓް ބައްދަލު ކުރި މެޗު 2-1 ން ދުސިތުތާނީ މޮޅުވެއްޖެއެވެ.

މިއަދުގެ މެޗުގެ 4ވަނަ މިނިޓް ގައި ދުސިތުން ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި އަމިއްލަފުށިން ވަނީ މެޗްގެ 10 ވަނަ މިނިޓްގައި ދުސިތުގެ ލަނޑަށް ޖަވާބު ދީ މެޗް އެއްވަރު ކޮށްފައެވެ. މި ލަނޑުއެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖާޒީ ނަންބަރު 19، ހަސަން ޒަރީރު އެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ ދެޓީމުންކުރެ އެއް ޓީމަކަށްވެސް އިތުރު ލަނޑެއް ނުޖެހި އެވެ.

މި މެޗްގެ ދެވަނަ ހާފްގައިވެސް ދެޓީމް ކުޅެމުން އައީ ހަމަހަމަކުޅުމެކެވެ. ދެޓީމަށްވެސް ލަނޑުޖަހާނެ މަދު ފުރުސަތެއް ލިބުނު ނަމަވެސް އެފުރުސަތުގެ ބޭނުންކުރެވޭ ގޮތެއް ނުވެ ދިޔަކަން ފާހަގަ ކުރެވުނެވެ. ނަމަވެސް 70 ވަނަ މިނިޓްގައި ދުސިތުއަށް ކުޅޭ އޭދަފުށީގެ މަޝްހޫރު ފޯވާޑް ލަނޑެއް ޖަހައި މިއަދުގެ މެޗުން ދުސިތު މޮޅު ކޮށްދިނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވާފައިވަނީ ދުސިތްގެ އިބްރާހީމް ފަޒީލު އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ އަންނަތަރާ ކިހަވައް މޯލްޑިވްސް އާއި މިލައިދޫ އައިލެންޑް މޯލްޑިވްސް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top