އިމާމުންގެ މުސާރަވެސް ބޮޑުކުރަނީ

FZNWb2BGUlGpgcey7bHrmZR5VrP97Q0ZJSbqETRA.webp

އަންނަ ޖަނަވަރީން ފެށިގެން އާ އޮނިގަނޑާއި އެއްގޮތަށް އިމާމުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެެ.

ރޭ ބޭއްވި ވޮށްކޮޅު ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ އިމާމުވެ ނަމާދު ކުރާ ފަރާތްތަކާއި މުދިމުންނާއި އެމަނިކުފާނު ބައްދަލު ކުރައްވައި ކަންބޮޑުވުންތައް އަޑުއައްސަވާފައިވާ ކަމަށެވެެ. އެގޮތުން އިމާމުންނާއި މުދިމުންގެ ކަންބޮޑުވުމަކީ އިމާމުންގެ ރަނގަޅު ގިންތި ކޮށްފައިވާ އޮނިގަނޑެެއް ނެތުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އާ އޮނިގަނޑު އިއްޔެ ފާސްކޮށް، މިހާރު އެ އޮނިގަނޑު އިއުލާން ކުރައްވާފައިވާ ކަމަށެވެ. އަދި އާ އޮނިގަނޑާއި އެއްގޮތަށް އިމާމުންގެ މުސާރަ އަންނަ ޖަނަވަރީ މަހުން ފެށިގެން ބޮޑުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މީގެ ކުރިން ވަނީ ސިވިލް ސާވިސް ހިމެނޭހެން ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ ޖަނަވަރީ މަހުން ފެށިގެން ބޮޑުކޮށް ދެއްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައެެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top