ރައީސް ސޯލިހު ދޫކޮށް އެމްޑީއޭގެ ތާއީދު މުއިއްޒަށް

LYTPnwWrX7zXzraKLZClBAMC1iIA3VOX4DI3lmFe.webp

ރައީސް ސީލިހާއެކު އެމްޑީއޭގެ ރައީސް ޝިޔާމް

އެމްޑީއޭއިން ސަރުކާރު ކޯލިޝަނުން ވަކިވެ އިދިކޮޅު ކެންޑިޑޭޓް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމަައިފިއެެވެ.

އެމްޑީއޭއިން މި ނިންމުން ނިންމީ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމަކަށް ފަހު އެވެ.

ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި 33 މެމްބަރުން ވޯޓްދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުޅްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމި ނިންމުން ބަދަލުކޮށް، ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށެވެ.

އެމްޑީއޭ އިން މިގޮތަށް ނިންމާފައިވާއިރު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ރައީސް ސޯލިހު ބޭއްވި ކެމްޕެއިން އެއްވެސް ޖަލްސާއެއްގައި އެމްޑީއޭގެ ރައީސް ޝިޔާމް ބައިވެރިވެވަޑައި ނުގަންނަވާ ކަން ފާހަގަކުރެވެ އެވެ.

ކެމްޕޭން ހަރަކާތްތަކުގައި ޝިޔާމް ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް އެ ޕާޓީގެ ނައިބު ރައީސް މައުރޫފް ބައިވެރިވެވަޑައިގެން ޖަލްސާތަކުގައި ދިޔައީ ވާހަކަ ދައްކަވާ ހައްދަވަމުންނެވެ. އަދި ޝިޔާމް ހުންނެވީ ރައީސް ސޯލިހާ އެކު ގަދަކޮށް ކަމުގައި ތަކުރާރުކޮށް މައުރޫފް ވިދާޅުވަމުން ގެންދެވި އެވެ.

އެކަމަކު ރޭ މައުރޫފް ވިދާޅުވީ ފުރަތަމަ ބުރަށް ފަހު އެމްޑީޕީން ހަމަހިމޭންވެ ހުރިހާ ރަށެއްގެ ޖަގަހަތައް ބަންދުކޮށް 15 ދުވަސް ވަންދެން އެއްވެސް ހަރަކާތެއް ނުހިންގާ އޮތުމަކީ އެމްޑީޕީން ބަލި ގަބޫލުކުރުން ކަމަށް އެމްޑީއޭގެ ކައުންސިލް މެންބަރުން ގަބޫލުކުރާ ކަމަށެވެ.

އެމްޑީއޭގެ އޮތީ ގައުމީ ވިސްނުމެއް ކަމަށާއި އިންތިހާބުގެ 2 ވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކަމަށް އެމްޑީއޭއަށް ގަބޫލުކުރެވޭ ކަމަށެވެ.

އެމްޑީއޭއިން މުއިއްޒަށް ތާއިދު ކުރަން ނިންމިއިރު ޕީއެންސީ އާއެކު މިހާރު ކޮލިޝަން ހަދާފައިވަނީ އެމްއެންޕީ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top