އިމާމުންނާ ޚަތީބުން ތާޒާ ކުރުމުގެ ބައްދަލުވުމެއް ފަށައިފި

30515874_10155188969936784_4520877585017602048_o-1024x576-755x435.jpg

އިމާމުން ތަމްރީން ކުރުމުގެ ވޯކްޝޮޕްގެ ތެރެއިން - ފޮޓޯ: އީޓީ

ބ.އަތޮޅުގެ އިމާމުންނާއި ޚަތީބުންނަށް އަމާޒުކޮށްގެން އިމާމުންނާއި ޚަތީބުން ތާޒާ ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

މި ރަސްމިއްޔާާތު ޝަރަފުވެރިކޮށްދެއްވީ ބ. އަތޮޅު އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަސީރެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބާއްވާ މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދަނީ އޭދަފުށީގައެވެ.

އިއްޔެއިން ފެށިގެން ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި ބ އަތޮޅުގެ އެކި ރަށްތަކުގެ 32 ފަރާތެއް ބައިވެރިވެއެވެ. މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދޭން ހަމަޖެހިފައި ވަނީ ގުރުއާނާާއި، ފިގުހާއި، ދިވެހި ބަހާއި، މޮކްސް މެނޭޖްމެންޓާއި އިދާރީ ހިންގުމެވެ.

މިއީ ޒަމާނަށް އަންނަ ބަދަލާ އެއްގޮތަށް އިމާމުންނާއި ޚަތީބުންގެ މަސައްކަތްތައް ބަދަލު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކެކެވެ. މިފަދަ އިތުރު ތިން މަސައްކަތު ބައްދަލުވުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް މިފަދަ މަސައްކަތު ބައްދަލުވުންތަކުގައި 230 ފަރާތެއް ތަމްރީނު ކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީ އިން ވަނީ މާލެއާާއި އަތޮޅުތަކުގެ އިމާމުންނާއި ޚަތީބުން ތާޒާ ކުރުމުގެ ހަ މަސައްކަތު ބައްދަލުވުމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top