ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރަން ފެށުން ފާހަގަކުރުމަށް 24 ގަޑިއިރުގެ ދުވުން ފެށުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ނާޒިމް ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއް މިންވަރު ކުރުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިއުމަތް ކަމަށެވެ.
ޖެނެރޭޝަނަލް ބޭންއާ ގުޅިގެން މާލޭގައި 24 ގަޑިއިރު ދުވުމެއް ބާއްވާއިރު، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އިއްޔެ ހަވީރު ވަނީ ހިނގާލުންތައް ކުރިއަށް ގެންގޮސްފަ އެވެ.
ދުންފަތް އިސްތިއުމާލުކުރުމުގެ ތެރެއަށް މީހުން ވަނުން ހުއްޓުވަން، ވަކި އަހަރެއްގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ ގޮތަށް “ޖެނެރޭޝަނަލް ބޭން”އެއް ކަނޑައެޅުމަށް ފާސްކުރުމާ އެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، އެއީ ޖެހިލުންކުޑަ ނިންމުމެއް ކަމަށް ބުނެ އެކަމަށް މަރުހަބާ ކިޔާފަ އެވެ.






