ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރު ކޮށްފި

bmn.jpg

ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކުރި މައްސަލައެއްގައި ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލް ޓީޗަރަކު އެ ސްކޫލުގެ ދަރިވަރުންތަކަކަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން އެ ހުށަހެޅީ އާދިއްތަ ދުވަހު ކަމަށެވެ. އަދި އެކަމާ ގުޅިގެން 40 އަހަރުގެ ދިވެހި ފިރިހެން ޓީޗަރަކު ހޯމަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނަގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ޖަހާފައިވެ އެވެ.

މީގެ ކުރިން ވެސް ދިވެހި އަދި ބިދޭސީ ޓީޗަރުންގެ ފަރާތުން ވެސް ދަރިވަރުންނަށް މިފަދަ ބޭއަދަބީ ކަންކަން ކުރިމަތިވެފައިވެ އެވެ.

އެގޮތުން މިދިޔަ މަހުގެ ތެރޭގައި ހުޅުމާލޭގައި ދަރިވަރެއްގެ ގެއަށް ދިޔަ ދިވެހި ފިިރިހެން ޓީޗަރަކު 13 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކޮށްފައިވެ އެވެ.

އެ މައްސަލައިގެ އިތުރުން އުތުރުގެ ރަށެއްގައި އިންޑިއާގެ ޓީޗަރަކު ސްކޫލް ދަރިވަރެއްގެ ގައިގައި އަތްލައި، ދަރިވަރަކާ ދައްކަން ނުޖެހޭ ފަދަ ވާހަކަތައް ދެއްކުމުގެ އިތުރުން އެ ކުއްޖާއަށް ބިރުދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ވެސް ފުލުހުންނަށް ރިޕޯޓުކޮށްގެން އަންނަނީ ބަލަމުންނެެވެ. އެ މައްސަލާގައި އެ ޓީޗަރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ މަހު ވަނީ އުތުރުގެ ރަށެއްގައި ޓީޗަރަކު ދަރިވަރެއްގެ ގައިގައި އަތްލި އިތުރު މައްސަލައެއް ވެސް ބަލަަން ފަށައިފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ޓީޗަރު ސަސްޕެންޑްކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top