ޚިދުމަތްހޯދަން އަންނަމީހުންނާ މުއާމަލާތު ކުރުމުގެ ޕްރޮގްރާމެއް ބ. އަތޮޅުހޮސްޕިޓަލުގައި

12645067_583411118479534_4896258521767599416_n.jpg

ޓްރޭނިންގ ޕްރޮގްރާމްގެ ބައިވެރިންނަށް މައުލޫމާތު ދެއްވަނީ

ބ.އަތޮޅު ހޮސްޕިޓަލްގެ މުވައްޒަފުންނަށް ޑެލިވަރިންގ އިފެކްޓިވް ކަސްޓަމަރސަރވިސް ނުވަތަ ޚިދުމަތް ހޯދަން އަންނަ ކަސްޓަމަރުންނާާ މުއާމަލާތު ކުރުމަށް އަހުލުވެރި ކުރުމުގެ ޓްރޭނިންގ ޕްރޮގްރާމެއް ކުރިއަށް އެބަގެންދެއެވެ.

ދެ ދުވަހުގެ މުއްދަތަށްކުރިއަށްް ގެންދާ މި ޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ މިކަމުގެ ތަޖްރިބާ މިބިވަޑައިގެންފައިވާ ދެ ބޭފުޅުންކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

އަތޮޅުހޮސްޕިޓަލުން ބުނީ މި ޓްރޭނިންގ ޕްރޮގްރާމްގައި އަށްގަޑިއިރުގެ ޓްރޭނިންގއެއް ކޮންމެ މުވައްޒަފަކަށްވެސް ދޭ ގޮތަށްހަމަޖެހިފައި ވާކަމުގައެވެ.

މިއީ 2016 ވަނައަހަރު ބ.އަތޮޅުހޮސްޕިޓަލްގެ ފަރާތުން ހިންގާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top