ހަށިގަނޑު ރީތިކޮށްލާނެ ފަސޭހަމަގެއް

Food-for-Flat-Abs-Organic.jpg

 

ގިނަ އަންހެނުންނަކީ ފެޝަނަށް ލޯބިކުރާ އަދި ހަށިގަނޑާގުޅޭ ގަޔަށް ރީތި ހެދުންލުމަށް ލޯބިކުރާ މީހުންނެވެ. މިކަމަށް ހުރަސްއަޅަނީ ހަށިގަނޑުގެ ބައްޓަމެވެ. އަންހެނުންގެ އަސްލު ރީތިކަން ގެއްލޭ އެންމެ ބޮޑު ސަބަބެއްކަމަށް ތަޖްރިބާ ކާރުން ބުނަނީ ހަށިގަނޑަށް އަންނަ ނުރަނގަޅު ބަދަލުތަކެވެ.

މިކަން ދިމާވާ މައިގަނޑުސަބަބަކީ ކެއުމުގައި ބަހައްޓަންޖެހޭ މިންގަނޑުން ކައްސާލައިގެން ދިއުމާ ދިރިއުޅުމުގެ އާދަތައް ބަހައްޓާ ގޮތުންނެވެ.

މިކަމަށް ހައްލު އެބައޮތެވެ. ކަންނެތް ދިރިއުޅުން ދޫކޮށްލާފައި ކެއުމުގައި ތިމާ ބޭނުންވާ އެއްޗެއް ކެއުމުގެ ބަދަލުގައި ހަށިގަނޑު ގަބޫލުކުރާ އެއްޗެއް ގަބޫލުކުރާ މިންވަރަށް ކައިގެން ގަވާއިދުން ކަސްރަތު ކުރާނަމަ ހަށިގަނޑު ހުންނާނީ އެމީހަކު އެދޭގޮތަކަށް ބައްޓަން ވެފައެެވެ.ކަސްރަތު ކުރާ ވާހަކަ ދައްކާއިރު އެއީ ތިމާއަށް ނުކުރެވޭނެ ކަމެއްކަމުގައި ހީކުރުމުގެ ބަދަލުގައި އެއީ ކޮންމެ ދުވަހެއްގެ ޕްރޮގްރާމްގައިވެސް ކުރަންޖެހޭ ކަމެއްކަމުގައި

މިދަންނަވަނީ ހަށިގަނޑު ރީތިކޮށްލެވޭނެ ވަރަށް ފަސޭހަ ގޮތެކެވެ. ހަރަކާތްތެރިވެ އުޅުމާއެކު ކޮންމެދުވަހަކުވެސް ކެއުމުގައި މިތަކެތި ހިމަނާނަމަ އަޖާއިބެއްކަހަލަ ބަދަލުތަކެއް ހަށިގަނޑުގެ ބޭރަށާއި އެތެރެއަށް ވެސް އަންނާނެއެވެ.

އަލްމަންޑް
އަލްމަންޑަކީ ހަމައެކަނި ރަހަމީރު ނަޓެއްނޫނެވެ. އެއީ ވަރަށް ފައިދާހުރި އެއްޗެއްވެސް މެއެވެ. ފައިބަރ އަދި ވިޓަމިނުން މުއްސަނދިވެފައިވާ ޑައިޓްކުރުމަށްވެސް އެހީވެދޭ އެއްޗެކެވެ. މީގެ އިތުރުން އަލްމަންޑަކީ އެންޓިއޮކްސިޑެންޓާއެކު މެގްނޭޒިއަމްވެސް އެކުލެވިގެންވާ އެއްޗަކަށްވާތީ ހަށިގަނޑުގައި އެނަރޖީ އުފެއްދުމަށާއި މަސްގަނޑަށްވެސް ވަރަށް ފައިދާހުރި އެއްޗެކެވެ. ބަނޑުހައިވާ ވަގުތު ބޮޑު ކެއުމެއް ޚިޔާރު ކުރުމުގެ ބަދަލުގައި އަލްމަންޑް ބޭނުންކުރާށެވެ. އޭރުން ބޭކާރު ސަރުބީތައް ވިރުވާލުމާއެކު ހަށިގަނޑަށް އަންނަ ރަނގަޅު ބަދަލުތަކާއެކު ބައްޓަންވެސް ރީރިވެގެންދާނެއެވެ.

ކުކުޅުބިސް
ކުކުޅުބިހުގައި އެންމެ ގިނައިން ހިމެނެނީ ޕްރޮޓީންއެވެ. އަދި އެމިނޯ އެސިޑް އެކުލެވިފައިވާތީ އެއީ ހަށިގަނޑު ސަލާމަތުން ބެހެއްޓުމަށާއި ސިކުނޑިއަށް ބޭނުންވާ ކެމިކަލްސް އަދި މަސްގަނޑު ވަރުގަދަކޮށްދިނުމަށް ނުހަނު ބޭނުން ބޮޑު އެއްޗެކެވެ. ކޮލޮސްޓްރޯލް މައްޗަށް ނުދާނަމަ ދުވާލަކު ބިހެއް ކައިގެން ބޭކާރު ސަރުބީތައް ދުއްވާލުމަށް މިއީ ފަސޭހަ ގޮތެކެވެ.

ސަލްމަން
ވިޓަމިން ޑީ އަދި އޮމެގާ3 އެކުލެވިގެންވާ މިމަހަކީ ހަށިގަނޑަށް އެންމެ ފައިދާހުރި މަސް ކަމަށް ހުރިހާ އެކްސްޕާޓުންވެސް އެއްބަސްވެއެވެ. ހަށިގަނޑުގައި ވިޓަމިންޑީ މަދުވެއްޖެނަމަ އިސާހިތަކު އޭނާގެ ހަށިގަނޑުގައިވާ ފެޓްސްގެ ސަބަބުން ނުބައި އަސަރުތަކެއް ކޮށްފާނެއެވެ. އެހެންކަމުން މިމަސް ކެއުމުން ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ ލިބުމުގެ އިތުރުން ސަރުބީ އެންދުމަށް އެހީވެދިނުމާއެކު ހަށިގަނޑު ވަރުގަދަކޮށްދެއެވެ.

އާފަލު
ދިރާސާތައް ބުނާގޮތުގައި އަންހެނަކު ދުވާލަކު އާފަލެއް ކެއުމަކީ ހުރިހާ ބަލިތަކަށްވެސް ރަނގަޅު ފައިދާ ކުރާނެކަމެކެވެ.

މި ރިޕޯޓްގައި އާފަލުގެ ފައިދާތަކުގެ ވާހަކަދައްކަމުން ލިޔެފައިވެއެވެ. ” އަންހެނަކު ދުވާލަކު ތިން އާފަލު ގެ އިތުރުން އޯޓް ބިސްކޯދު ކައިގެން ވަރަށް އަވަހަށް އޭނާގެ ބަރުދަން އެތައް ތަނެއް ލުއިވެގެން ދިޔައެވެ.”

އާފަލުގައި %85 ފެން އެކުލެވިވާތީ ދުވާލަކު އާފަލެއް ކައިގެން ކެންސަރާއި ކޮލޮސްޓްރޯލް ލެވެލް ދަށް ކުރުމާއެކު ފުރަމޭއަށް ލިބޭ ގެއްލުންތަކުން ސަލާމަތް ކުރެވިދާނެއެވެ. ބަރުދަން ލުއިކުރުމާއި ސަރުބީ ވިރުވުމަށް ކަސްރަތާއެކު ދުވާލަކު އާފަލެއް ކާނަމަ ނަތީޖާއަށް އިންތިޒާރު ކުރަން މާގިނަ ދުވަހެއް ނަގާކަށް ނުޖެހޭނެއެވެ. މިއީ ބަރުދަން ލުއިކުރެވިދާނެ ފަސޭހަ ގޮތެކެވެ. އެކަމަކު ހަނދާންކުރަންޖެހެނީ ހަމައެކަނި ޑައިޓްކޮށްގެން ބަރުދަން ލުއިކުރުމަށް ވިސްނުމުގެ ބަދަލުގައި ކަސްރަތާއެކު ކޮށްގެން ނޫނީ ކާމިޔާބުނުވާނެކަމުގައެވެ.

މަސްދަރު: ހެލްތީ ލިވިންގ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top