ށ އިން ފެށޭ ބަސް ހަދަން އުޅޭ ވާހަކަ ދޮގުކުރައްވައިފި

hkmjbn-.png

މިނިސްޓަރު، އާދަމް ނަސީރު އިބްރާހީމް

ށ އިން ފެށޭ ފަސް ބަހެއް އުފައްދަވާނެކަމަށް މިނިސްޓާ އޮފް ދިވެހި ލޭންގްއޭޖް ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމް ވިދާޅުވި ކަމަށް ބުނެ ފަތުރަމުން ދާ ވާހަކަ މިނިސްޓަރު ދޮގު ކުރައްވައިފި އެވެ.

އެކަން މިނިސްޓަރު ދޮގު ކުރައްވާފައިވަނީ ށ އިން ފެށޭ ފަސް ލަފުޒެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އުފައްދާނެ ކަމަށް ބުނެ ރަޖިސްޓްރާ ނުކޮށް ރާއްޖޭގައި ހިންގަމުން އަންނަ ނޫހަކުން ރިޕޯޓް ކުރުމާއި ގުޅިގެން އެކަމާއި ސުވާލު ކުރުމުންނެވެ. އެނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ށ އަކުރުން ފެށޭ ފަސް ބަހެއް އުފެއްދުމަކީ އަމާޒެކެވެ. މިކަމާ ގުޅިގެން މިނިސްޓަރަށް ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައި ވަނިކޮށް، ވިދާޅުވީ އެއީ ދޮގު ވާހަކައެއް ކަމަށެވެ.

ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން މިނިސްޓަރު ނަސީރު ވިދާޅުވީ ށަވިޔަނިން ނަމެއް އުފެއްދުމަކީ އެއްވެސް މާނައެއް ހުރި ކަަމެއް ނޫން ކަމަށެވެ. ސަބަބަކީ ށ ގެ އަޑަކީ ލަފުޒެއްގެ ފެށުމަށް ދުލުން އުފައްދަން ދަތި އަޑަކަށްވާތީ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެއީ ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ދޮގު ޚަބަރެއް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top