ނަޒީރު އަޅައިދޭ ދަނޑުގައި ޓާފް އަޅަން ފަށައިފި

0-02-06-1a0ed7aaeda0aabb6d8ec0a6dabb3637402e1717bfa5b2bd5ba829790bd89923_d4a1f133.jpg

އޭދަފުއްޓަން އުފަން މަހުޖަނު، އޭދަފުށީ ޗާންދަނީގޭ އަހްމަދު ނަޒީރު (ކްރައުން ނަޒީރު )ގެ ޚަރަދުގައި އޭދަފުށީގެ އިރުމަތީ ކޮޅުގައި އަޅުއްވައިދެއްވާ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

254000 އަކަފޫޓްގެ މިދަނޑުގައި އެޅޭ ޓާފްއަކީ ފީފާއިން ގަބޫލުކުރާ ފެންވަރަށް ދުނިޔޭގައި ޓާފް އުފައްދާ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސް.ޕީ.އޭ އިން އުފައްދާފައިވާ އެސްޕީމެކްސް45 ގެ ޓާފެއް ކަމަށް މި މަސައްކަތާ ހަވާލު ކުރެވިފައިވާ ފަރާތުން މައުލޫމާތު ދެއެވެ.

އޭނާ ވިދާޅުވީ މިއީ ރާއްޖޭގައި ބިމުގެ ފަސް ހަރުކޮށްގެން އާންމުކޮށް އަޅާ ދަނޑުތަކާއި ބަލާފައި ވަރަށް ތަފާތުކޮށް އެޅިގެންދާނެ ދަނޑެއް ކަމުގައެވެ. އެގޮތުން ދަނޑުއަޅާ ބިން ފުނަށް ކޮނުމަށްފަހު އޭގެ މައްޗަށް 3000 ޓަނުގެ ފުނޑުކުރި ހިލަވެލިއަޅާ ބިން އެއްވަރު ކުރެވިގެންދާނެ އެވެ.

އެއަށްފަހު އޭގެ މަތީގައި ދަނޑުގެ އަޑިއަށް ފެން ނުދާނެހެން ވޯޓަރ ޕްރޫފް މެމްބްރޭންއެއް އެޅޭނެއެވެ. އަދި އޭގެ މަތީ ޝޮކްޑްރެއިން ނިޒާމު ގާއިމުކުރެވިގެންދާނެއެވެ. މި ނިޒާމަކީ އާންމުކޮށް ބިމުގެ ފަސްހަރުކޮށްގެން އެޅޭ ދަނޑުތަކާއި ބަލާފައި ކުޅުންތެރިންނަށް ލިބޭ އަނިޔާ ކުޑަކޮށް ދޭނެ ނިޒާމެކެވެ.

މި ދަނޑުގެ މަސައްކަތް އަންނަ ފެބުރުއަރީގައި އެއްކޮށް ނިންމާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top