އަންހެނުންނަށް ބައިކުޅަބައި ދީގެން ޖަޒީރާ ދިރިއުޅުމެއް ނުހޯދޭނެ – ރައީސް

FcWds26acAI1W12.jpg

އަންހެނުންނަށް ބައިކުޅަބައި ދީގެން މާނަވީ ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމެއް ނުހޯދޭނެ ކަމަށް ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

”ވިއަވަތި“ ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ކައުންސިލް އަދި ސަރުކާރު އެކުގައިތިބެ، ކުރާ މަސައްކަތުގެ ނަތީޖާ މާ ފޮނިވާނެ ކަމަށާއި، ގައުމުގެ ނުވަތަ އާބާދީގެ ދެބައިކުޅައެއްބައި ކަމުގައިވާ އަންހެނުންނަށް، ބައިކުޅަބައި ދީގެން މާނަވީ ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމެއް ނުހޯދޭނެ ކަމަށެވެ.

ކައުންސިލް ތަކުގެ ހިންގުމާ ރަށުގެ ތަރައްޤީއާ، އިޖްތިމާޢީ ހުރިހާ ކަމެއްގައި، އަންހެނުންގެ ބައިވެރިވުމާ ޝާމިލްވުން އަދިވެސް ވާންޖެހެނީ ބޮޑު. މައްސަލައެއް ހައްލު ކުރުމަށް، ނުވަތަ ކާމިޔާބެއް ހޯދުމަށް ކަމުގައިވިޔަސް، އަންހެނުންގެ ދައުރު ވީއެންމެ ފުޅާ ދާއިރާއެއްގާ އޮންނަންޖެހޭ.” ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ފަހަރުގެ ކޮންފަރެންސްގައި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 107 ކަނބަލުން ހިމެނެއެވެ.

ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ކޮންފަރެންސްގައި، 4 ސެޝަނެއް ކުރިޔަށް ގެންދާއިރު ކޮންމެ ސެޝަނެއްގައިވެސް ޕްރެޒެންޓޭޝަންތައް ހުށައަޅައި މަޝްވަރާތައް ބާއްވަވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top