އަންހެނުން ކޮމިޓީތަކުގެ މުސާރަ ބޮޑުކުރަން ނިންމަވައިފި

184659_f1e8da30-1_-2048x1365.jpg

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް މިހާރު ދެމުން ގެންދާ އެލަވަންސް،  ދެގުނަ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިކަން އިއުލާނު ކުރެއްވީ އެމަނިކުފާނު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކިނބިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ބައްދަލު ކުރެއްވުމަށްފަހު އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ ދެގުނަ ބޮޑު ކުރަން  ސަރުކާރުން ނިންމާފައިވާކަން ފާހަގަ ކުރައްވައި ވިދާޅުވީ ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ރަށުގެ ރައްޔިތުން އެދޭ ކަންކަން ފަހިކޮށްދީ ފާހަގަކުރެއްވި މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ޑަބްލިޔުޑީސީގެ މެމްބަރުން ވަނީ އަންހެނުން އިގްތިސޯދީ ގޮތުން ބާރުވެރިކުރުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ވެސް ރައީސްގެ އަރިހުގައި އެދިލައްވާފަ އެވެ. މިކަމާ ގުޅިގެން ރައީސް ވިދާޅުވެފައި ވަނީ އިގްތިސޯދީ ގޮތުން އަންހެނުންނަށް ހުރި ފުރުސަތުތަކާއި އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިޔަށް ގެންދާނެ ކަމަށެވެ.

ކިބިނދޫ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ހުށައެޅުއްވި ކަންތައްތަކާމެދު ރައީސް ވަނީ އެކަންކަން ކުރެވޭނެ މަގުތަކާއި އަދި ކުރިއަށް ދާނެ ކަމުގެ ފެހި ސިގްނަލް ދެއްވަވާފަ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top