ގައުމީ ޤުރުއާން މުބާރާތް ފަށައިފި

Quran.jpg

1200 އަށްވުރެ ގިނަ ބައިވެރިންނާ އެކު 33 ވަނަ ޤައުމީ ޤުރްއާން މުބާރާތް ރޭ ފަށައިފިއެވެ.

ކީރިތި ޤުރުއާނަށް ކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ މަގުސަދުގައި ޤުރުއާނާބެހޭ ގައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މުބާރާތް ފައްތަވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ނައިބުރައީސް ފައިސަލް ވިދާޅުވީ މި ރާއްޖެއަކީ ކީރިތި ޤުރުއާން އުނގަންނައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމުގައި ވީނަމަވެސް ކޮންމެ އަހަރަކު ރަމަޟާން މަހު ގިނަ އަދަދެއްގެ ޤާރީންނާއި ހާފިޡުން ގެންނަން ޖެހޭކަމުގައެވެ. އެހެންކަމުން ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ނަމަ ބޭރުން ޤާރިންނާއި ޙާފިޡުން ނުގެނެސް ވަރަށް އަވަހަށް މިކަން ހަމަޖެއްސޭނެ ކަމަށާއި އެ މަގުސަދު ހާސިލުކުރެވޭނެ ގޮތަށް މަސައްކަތްކުރުމަށް ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނައިބު ރައީސް ގޮވާލެއްވި އެވެ.

ޤުރްއާނާ ބެހޭ ގައުމީ މަރުކަޒުން ހާމަކުރި ގޮތުގައި މިފަހަރުގެ މުބާރާތުގައި 1273 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ޖުމްލަ 1273 ފަރާތުން ބައިވެރިވާ މި މުބާރާތް ތިން ކެޓަގަރީއަކަށް ބަހާލާފައިވާއިރު އެއީ އާއްމު ބަޔާއި ސްކޫލު ކުދިންގެ ބައި އަދި ހާފިޒުންގެ ބައެވެ.

އާއްމު ބައިގައި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކާއި ޤުރްއާން ކްލާސްތަކާއި ކޮލެޖް ޔުނިވަރސިޓީތަކަށް ވަނީ ހުޅުވާލާފައެވެ. މިބައިގާ ކޮންމެ ތަނަކަށް ގިނަވެގެން 12 ފަރާތް ބައިވެރިކުރެވޭނެއެވެ.

ސްކޫލު ކުދިންގެ ބައި ބަހާލާފައިވަނީ ކީ ސްޓޭޖުތަކަކަށެވެ. އެގޮތުން ކީ ސްޓޭޖު އެކަކުން ހަތަރަކަށް ބަހާލާފައިވާ އިރު، އެ ބައިން ކޮންމެ ސްކޫލަކަށްވެސް ގިނަވެގެން ބައިވެރި ކުރެވޭނީ 15 ދަރިވަރުންނެވެ.

ތިންވަނަ ބައި ކަމަށްވާ ހާފިޒުންގެ ބައިގާ ރާއްޖޭގެ ކޮންމެ ހާފިޒަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top