ރޯދައަށް ފޮނުވި ކަދުރު ރޯދަމަސް ނިމެނިކޮށް ބަހަން ފަށައިފި

l_146486247421Lh2e.jpg

ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ހަވާލުކުރުމަށް ސައުދީ އެމްބަސީގައި ބޭއްވި ހަފްލާގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައުދީ އަރަބިއްޔާ އާއި ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ ސަރުކާރުން ރާއްޖެއަށް ފޮނުވާފައި ހުރި 50 ޓަނު ކަދުރުގެ ތެރެއިން އޭދަފުށީ ރައްޔިތުންނަށް ބެހުމަށް ސަރުކާރުން ފޮނުވާފައިވާ ކަދުރުތައް ރޯދަމަހުގެ ފަހު ދިހައިގެ ދުވަސްތައް ގުނެމުން ދަނިކޮށް މިއަދު ބަހަން ފަށައިފި އެވެ.

އޭދަފުށީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މިއަހަރު އޭދަފުށްޓަށް ލިބިފައިވަނީ 576 ޕަކެޓް ކަދުރެވެ.

ކަދުރު ދޫކުރަން ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު  10:00 އިން މެންދުރު 2:00 އާހަމައަށް ކަމަށާއި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ (1ކިލޯ ގްރާމުގެ) ޕެކެޓެއް ކަމަށް ކައުންސިލުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭދަފުށީ ކައުންސިލަށް މި ކަދުރުތައް ލިބިފައިވަނީ މިދިޔަ ހަފްތާގައެވެ. އެހެންނަމަވެސް ވެެރިރަށް މާލޭގެ ރައްޔިތުންނަށް  މޭ 25ވަނަ ދުވަހު ވަނީ ބަހަން ފަށާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top