ކާރްތިކް އަށް ދޮނެއްދިނުމުގެ ފުރުސަތު އަންހެންކުދިން ތަކަކަށް ލިބިއްޖެ

motorola-paliwal-actor-kartik-aaryan-launch-smartphone_65c5ec3a-b1df-11e8-b8d7-0b252c5c5b16.jpg

(ލިއުނީ: އައިޝަތު ފާތިނާ އިބްރާހީމް )

އަންނަން އޮތް ފިލްމް “ޕަތީ ޕަތުނީ އައުރު ވޯ” ގެ މަޝްހޫރު ތަރި ކާރްތިކް އާރްޔާނަށް ދޮނެއް ދިނުމުގެ ފުރުސަތު އަންހެން ކުދިން ތަކަކަށް ލިބިއްޖެއެވެ. ކީއްވެގެން ކަން އެނގޭ ހެއްޔެވެ؟ 

މިކަމެއް ހިނގާފައިވަނީ ފިލްމް ”ޕަތީ ޕަތުނީ އޯރ ވޯ” ގެ ޝޫޓިންގ ތެރޭގައެވެ. ފިލްމުގެ ފުރަތަމަ ފުރަތަމަ ލަވަ “ދީމޭ ދީމޭ” އަކީ އިންޑިއާގެ އިތުރުން ރާއްޖޭގައިވެސް މަޝްހޫރުވެ ހިޓްވެފައިވާ އިރު ދޮނެއް ދިނުމުގެ ފުރުސަތު ލިބުނީ އެލަވައިގެ ބެކް ސްޓޭޖްގައި ނަށަމުން ދިޔަ ނެށުންތެރިން ނަށެވެ. 

ނެށުންތެރިންގެ ފަރާތުން އެންމެ ބެސްޓް މޫވް ބޭނުންވާތީ ކޮރިއޮގްރާފަރ، ބޮސްކޯ ބުނީ ލަވައިގެ ނެށުން އެއްޝޮޓުން ނެގިއްޖެ ކަމަށްވާނަމަ ހުރިހާ އަންހެން ނެށުންތެރިންނަށް ކާރްތިކަށް ދޮނެއް ދިނުމުގެ ފުރުސަތު ލިބޭނޭކަމަށެވެ. މިހެން ބުނުމުން އެކުދިންނަށްވެސް މިކަންވީ ވަރަށް މަޖާ ކަމަކަށެވެ. އެކަމަކު ބޮސްކޯ ބޭނުންވި ގޮތަށް އެއްޝޮޓަކުން ނެށުން ވަރަށް ފުރިހަމައަށް ނެގުނެވެ. ދެން ބޮސްކޯ އަނެއްކާވެސް މަޖާވެލާފައި ބުނީ ލަވައިގެ އަނެއް ސްޓެޕްވެސް އެއްޝޮޓުން ނެގިއްޖެނަމަ ހުރިހާ ފިރިހެން ނެށުން ތެރިންނަށްވެސް ފުރުސަތު ލިބޭނޭކަމަށެވެ. މިހެން ބުނުމުން ކާރްތިކް ހިނިގަނޑެއް ޖަހާލާފައި ބޮސްކޯ ގާތު ބުންޏެވެ. ” ސަރ! މީ ޕަތީ ޕަތުނީ އޯރ ވޯ. ދޯސްތާނާ 2 ނޫން.”

ބޮސްކޯ ބުނީ މިއީ އެންމެން ހިތްހަމަޖައްސާލުމަށާއި މަޖާކޮށްލުމަށް ކުރި ކަމެއްކަމަށެވެ. އަދި އެކްޓަރުގެ ފަރާތުން އެންމެ އެދެވޭ ޕާފޯމެންސްއެއް ލިބޭނީ އޭނާ ހިތްހަމަޖައްސުވައިގެން ކަމުގައެވެ.

މިހާރުވެސް ބޮލީވުޑްގެ އެތައް ޕްރޮޖެކްޓެއް ލިބިފައިވާ ކާތިކް އަކީ މިވަގުތު ބޮލީވުޑްގައި އުޅާ ތަރިންގެ ތެރެއިން އެންމެ ޑިމާންޑު ބޮޑު އެއް ބަތަލް ކަމުގައި ބުނެވެއެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ “ޕަތީ ޕަތުނީ އޯރް ވޯ” އިންނެވެ. މި ފިލްމުގެ ޕްރޮމޯޝަންތައް ކުރިއަށްދާއިރު، މިފިލްމުގައި އޭނާގެ ކޯސްޓާރުންނަކީ އަނަންނިޔާ ޕާންޑޭ އާއި ބޫމީ ޕެދްނެކަރް އެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު ހަވަނަ ދުވަހު އެވެ.

އަންނަ އަހަރު ފެންނާނެ ފިލްމުތަކުގެ ތެރޭގައި، ދޯސްތާނާ 2، ބޫލް ބުލައްޔާ 2 އަދި އާޖްކަލް ހިމެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top