މިޔަރެއްގެ ހަމަލާއިން ވަރަށްބޮޑަށް ޒަޚަމް ކޮށްލި ޒުވާން ސިފައިންގެ މީހަކު ނިޔާވެއްޖެ އެވެ.
ލ. ކައްދޫގައި ކުރިއަށް ގެންދިޔަ ތަމްރީނެއްގެ ތެރެއިން މިޔަރެއްގެ ހަމަލާއެއްގައި ޒަޚަމްވެ، ނިޔާވީ ރ. އުނގޫފާރަށް ނިސްބަތްވާ ލާންސްކޯޕްރަލް މުހައްމަދު ޒައިދާން އެވެ.
ޒައިދާނަށް މިޔަރު ހަމަލާ ދިނީ، ލ. މާވަށް ކައިރީ މޫދުގައި ތަމްރީނުގެ ބައެއް ކުރިއަށް ދަނިކޮށް ކަމަށް ސިފައިން ބުންޏެވެ.
އޭނާ ނިޔާވީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިރޭގެ 20:40 ހާއިރެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގަމު ހޮސްޕިޓަލުގައި ޒައިދާނަށް ފަރުވާ ދިނީ އައިސީޔޫގައެވެ. އަދި ހަމަލާގެ ސަބަބުން ވަރަށް ގިނައިން ލޭ އަޅަންޖެހުނު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ޒިދާންގެ ހަށިގަނޑު މިރޭގެ ވަގުތެއްގައި މާލެ ގެންނާނެއެވެ.
ރާއްޖޭގައި މިޔަރުގެ ހަމަލާތަކުގައި އަނިޔާވުމުގެ ހާދިސާތައް ދޭތެރެއަކުން ހިނގައެވެ.