ދިވެހި އިސްލާމް ހިމެނޭހެން ހަތަރު މާއްދާ މަޖްބޫރު ކުރަން ނިންމައިފި

ބ.އަތޮޅު-ތައުލީމީ-މަރުކަޒު-scaled.jpg

އޯ ލެވެލްގައި އިސްލާމާއި ދިވެހި ހިމެނޭހެން ހަތަރު މާއްދާއެއް ހަދަން މަޖުބޫރުކުރަން އަމިއްލަ އަދި އިންޓަނޭޝަލް ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފިއެވެ.

މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ސޮއިކުރައްވައި ސްކޫލްތަކަށް ފޮނުއްވި ސާކިއުލާ އެއްގައި ބުނެފައިވަނީ، ރާއްޖޭގެ ސްކޫލްތަކުން ތައުލީމު ހާސިލުކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ހާސިލުކުރަން ކަނޑައަޅާފައިވާ ވަކި މިންވަރެއް ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވާން ޖެހޭ ކަމަށެވެ. އެހެންކަމުން، ގްރޭޑް 10 އޯލެވެލް އިމްތިހާނުތަކުގައި ބައިވެރިވާ ދިވެހި ކޮންމެ ދަރިވަރަކު އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާގައި ބައިވެރިި ވާންވާނެ ކަމަށް ބުނެފައިވެ އެވެ. .

ސާކިއުލާގައި ބުނެފައިވަނީ މިއީ 2020 ވަނަ އަހަރުގެ ތެރޭގައިވެސް ސްކޫލްތަކަށް އެންގި އެންގުމާއި ގުޅޭ ނިންމުމެއް ކަމަށާއި މިއަދު ނެރުނު ސާކިއުލާއަކީ 2020 ގައިވެސް މިނިސްޓްރީން ނެރުނު ސާކިއުލާއަކުން ދީފައިވާ އިރުޝާދެއް ކަމަށެވެ.

މިނިސްޓްރީން ބުނީ ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމުގެ އުސޫލުގެ ތެރެއިން ފާހަގަކުރެވޭ ދަރިވަރުންނާ މެދު ވަކިގޮތެއް ނިންމާނީ މިނިސްޓްރީގެ މަޝްވަރާގެ މަތިން ކަމަށާއި ނަމަވެސް، ދިވެހި ނަސްލުގެ ހުރިހާ ދަރިވަރުން ވެސް ސާނަވީ އިމްތިހާނުގައި މަޖުބޫރު ހަތަރު މާއްދާގައި ބައިވެރިވުމަކީ އެ މިނިސްޓްރީގެ ސިޔާސަތެއް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top