އަތޮޅުތެރޭގައި ވެސް ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ އެންމެންނަށް އެލަވެންސް ލިބޭނެ: މިނިސްޓަރު.

ameen3.jpg

ހެލްތު މިނިސްޓަރު، އަބްދުﷲ އަމީން

އަތޮޅުތެރޭގައި ކޮވިޑް-19 ފްރޮންޓް ލައިން ގައިމަސައްކަތްކުރާ އެންމެންނަށްވެސް އެލަވެންސް ލިބޭނެކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު، މިނިސްޓަރު އަމީން އާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ފްރޮންޓް ލައިންގަ މަސައްކަތްކުރުން ވެސް ކަނޑައަޅަނީ އެކަމަށް ކަނޑައެޅިފައި އޮންނަ ކޮމެޓީއަކުންކަމަށާއި، އެބޭފުޅުންގެ ގިންތި ތަކަކީ ކޮބައިކަންވެސް ކަނޑައަޅަނީ ކޮމެޓީންކަމަށެވެ. އޭގެތެރެއިން އަތޮޅުތެރޭގައި މާލެގައި ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންވެސް، އަދި އެޗްޕީއޭގެ އޮޕަރޭޝަންގައި މަސައްކަތްކުރައްވާ ބޭފުޅުންވިޔަސް، އެހުރިހާ ބޭފުޅުންނަށްވެސް އިނާޔަށް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އިނާޔަށް ލިބޭ ބޭފުޅުންގެ މައުލޫމާތުތައް ސިސްޓަމަށް އެޅި މިހާރުވެސް އިނާޔަތް ދެމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަތޮޅުތެރޭގައިވެސް މާލެއެކޭ އެއްފަދައިން ފްރޮންޓްލައިންގައި މަސައްކަތްކުރައްވާ ބޭފުޅުނަނަށް އިނާޔަތް ލިބޭނެކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ފްރޮންޓްލައިންގައި މަސައްކަތްކުރާ ބޭފުޅުންގެ ތެރެއިން، އެންމެ އިސްކޮށް މަސައްކަތް ކުރާ ބޭފުޅުންނާއި ހަމައިން ހުރީ ގިންތި ކުރެވިފައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ގިންތީގައި ހިމެނޭ ހުރިހާ ބޭފުޅުންނަށްވެސް އިނާޔަށް ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top