ފަޔަރ ފައިޓިންގ ޕްރޮގްރާމް ނިންމާލައިފި

DSCN9222.jpg

ފަޔަރ ފައިޓަރ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --އީވި ފޮޓޯ

އެމްއެންޑީއެފް ނޯތު އޭރިއާ އާއި އޭދަފުށީ ކައުންސިލް އިދާރާ ގުޅިގެން އޭދަފުށީގައި ހިންގި ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމްގައި ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ރޭ އޭދަފުށީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފަ އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް އަބްދުﷲ އިބްރާހިމެވެ.

އަލިފާނުގެ ހާދިސާ ތަކުން ރައްކާތެރިވުމާ އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ބެހޭގޮތުން މައުލޫމާތުދީ އެތަކެތި ބޭނުންކުރާނޭ ގޮތުގެ ތަމްރީނު ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް 15 ބައިވެރިން ފުރިހަމަ ކުރި އެވެ.

ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމްގެ ތެރެއިން –އީވި ފޮޓޯ

މި 15 ބައިވެރިންނާއެކު އޭދަފުށީގައި މިހާރުވަނީ “އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް” މިރަށުގައި ގާއިމުކޮށްފަ އެވެ.

ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމްގެ ތެރެއިން –އީވި ފޮޓޯ

ރޭގެ ރަސްމިއްޔާތުގައި އެމްއެންޑީއެފުން ވަނީ އޭދަފުށީ ކައުންސިލަށް ، ފަޔަރ ފައިޓިންގ ޕަންޕްސެޓެއްވެސް ހަވާލުކުރައްވާފަ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top