ސަންޖޭ ދަތަށް ކެންސަރު ޖެހިއްޖެ.

BREAKING-Sanjay-Dutt-has-Stage-3-lung-cancer-to-fly-to-USA-for-treatment.jpg

ބޮލީވުޑްގެ ”ބާބާ” ގެ ނަމުން މަޝްހޫރުވެފައިވާ ފިލްމްސްޓާރ ސަންޖޭ ދަތަށް ކެންސަރު ޖެހިއްޖެއެެވެ.

ބޮލީވުޑްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަންޖޭއަށް ވަނީ ފުއްޕާމޭގެ ކެންސަރު ޖެހި ސްޓޭޖް 3 ގައެވެ. އަދި ކެންސަރަށް ފަރުވާ ހޯދުމަށް ސަންޖޭ ވަރަށް އަވަހަށް އެމެރިކާއަށް ދާނެއެެވެ.

މިއަދު މީޑިއާ އަށް ފޮނުވީ މެސެޖެއްގައި ސަންޖޭދަތު ބުނެފައިވަނީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ދުވަސްކޮޅަކަށް މަސައްކަތާއި ދުރަށް ޖެހިލާ ކަމަށާއި ރަށްޓެހިންނާއި އާއިލާ އޭނާގާތު ތިބި ކަމަށެވެ. އަދި ހެޔޮ ދުއާ ކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ސަންޖޭ އެހެން ބުނި ނަމަވެސް މިވަގުރު ސަންޖޭގެ އަންހެނުންނާއި ދެ ދަރިން ތިބީ ޑުބާއީގައި އިންޑިއާގެ ލޮކްޑައުންގެ ސަބަބަުން އިންޑިއާ އަށް ނާދެވިފައެވެ.

ސަންޖޭއަށް ވަނީ ނޭވާލާން އުނދަގޫ ވުމުގެ މައްސަލަ ކުރިމަތިވެގެން މީގެ ހަތަރު ދުވަސް ކުރިން މުމްބާއީގެ ލިލަވަތީ ހޮސްޕިޓަލުގައި ދެ ދުވަސް ވަންދެން ފަރުވާ ވެސް ދީފައެވެ.

ސަންޖޭއަށް ކެންސަރު ޖެހުމުގެ ހަބަރާއެކު ބޮލީވުޑް ތަރީން އަންނަނީ ސަންޖޭދަތަށް އަވަސް ޝިފާއަކަށް އެދި ހެޔޮއެދުންތައް ފޮނުވަމުންނެވެ .އޭގެ ތެރޭގައި އަމިތާބް އާއި އަބީޝޭކްގެ އިތުރުން ސަލްމާން ޚާން ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top