މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ މުސާރަތައް ކުޑަކުރަން ފާސްކޮށްފި

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުން މުސާރަތައް ކަނޑައަޅާ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށް މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން މުސާރަތައް ކަނޑައަޅާ ފަރާތްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ ނާއިބާއި ކެބިނެޓުގެ ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ ހިމެނެއެވެ.

މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ ދަޢުލަތުގެ މުވައްޒަފުން މުސާރަ ތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 60001 ރުފިޔާ އަށްވުރެ މަތި ލިބޭ ފަރާތް ތަކުގެ މުސާރައިން %35 އުނި ކުރުމަށެވެ. އެހެން ކަމުން ރައީސްލްޖުމްހޫރިއްޔާގެ މުސާރައިން 35000 ރުފިޔާ ކުޑަވެގެން ދާނެ އެވެ.

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔާތްތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 60001 ރުފިޔާ އަށްވުރެ މަތި ލިބޭ ފަރާތްތަކުގެ މުސާރައިން %35 އުނި ކުރުމަށާއި އަސާސީ މުސާރައިގެ ގޮތުގައި 30001 ރުފިޔާއި 60000 ރުފިޔާ އާއި ދެމެދު ލިބޭ މީހުންގެ މުސާރައިން %30 އުނިކުރުމަށާއި އަސާސީ މުސާރައިގެ ގޮތުގައި 20001 ރުފިޔާ އާއި 30000 ރުފިޔާ ދެމެދު ލިބޭ މީހުންގެ މުސާރައިން %20 އުނި ކުރުމަށް ފާސް ކުރުމުން ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަވެސް ވަނީ ކުޑަވެފައެވެ. އެގޮތުން ރައިސުލްޖުމްހޫރިއްޔާގެ ނައިބަށް ކުރިން ލިބިވަޑައިގަތް 75,000 ރުފިޔާއިން 48,750 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.

ވަޒީރުންގެ މުސާރަ ވެސް 45000 ރުފިޔާއިން 29750 ރުފިޔާ އަށް ވަނީ ކުޑަކޮށްފައެވެ. މީގެ އިތުރުން މިބަދަލާއިއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނައިބްރައީސް އަދި މެންބަރުންގެ މުސާރަވެސް ކުޑަވެގެން ދާނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top