ރެޑީކޭމްޕް އޭދަފުށީގައި ފަށައިފި

Thinadhoo222.jpg

ރެޑީކޭމްޕްގެ ތެރެއިން : ފޮޓޯ : ޕޮލިސްލައިފް

ފުލުހުންގެ ފަރާތުން ހިންގާ ރެޑީކޭމްޕްގެ ސިލްސިލާގެ ތެރެއިން 63 ވަނަ ކޭމްޕް މިއަދު އޭދަފުށީގައި ފަށައިފިއެވެ.

ސާނަވީ މަރުހަލާގައި ކިޔަވަމުން ގެންދާ ކުދިންނަށް އަމާޒުކޮށްގެން ހިންގާ މި ކޭމްޕްގައި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 52 އަންހެން ދަރިވަރުންނާއި 41 ފިރިހެން ދަރިވަރުން ބައިވެރިވެއެވެ.

މިމަހުގެ 20 ން 22 އަށް ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށް ގެންދާ މި ކޭމްޕުގައި ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަސްކޮށްދިނުމާ ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދާނެކަމަށް މައުލޫމާތު ލިބެއެވެ.

މިގޮތުން ޖިނާޢީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާ، ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ޒުވާނެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާ ފައިދާތައް ކޭމްޕުގެ ބައިވެރިންނަށް އޮޅުންފިލުވައިދެވޭނެ ކަމަށާއި ، އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މަޢޫލޫމާތު ދިނުމުގެ އިތުރުން މަދްރަސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭވީ ކަންކަމުގެ މައްޗަށްވެސް މި ކޭމްޕުގައި ބައިވެރިންނަށް މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ޕޮލިހުން މައުލޫމާތު ދެއްވައެވެ.

މި ކޭމްޕު ކުރިއަށް ގެންދިޔުމުގައި ބ. އޭދަފުށީ ކައުންސިލާއި ބ. އަތޮޅު ތަޢުލީމީ މަރުކަޒާއި އޭދަފުށީގައި ހުރި އެކިއެކި މުއައްސަސާތަކުންނާއި ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުން ލިބެމުން ދާކަން ޕޮލިހުން ވަނީ ފާހަގަ ކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top