ބ.އަތޮޅު 4 ރަށެއްގެ ކުނި މެނޭޖްކުރަަން ބޭނުންވާ މެޝިނަރީޒް ހޯދަން ހަވާލުކޮށްފި

306147627_420561683556385_238665159608012092_n.jpg

ބ.އަތޮޅުގެ 4ރަށެއްގައި ކުނި މެނޭޖްކޮށް އެންހޭންސްކުރުމަށް ބޭނުންވާ މެޝިނަރީޒް ހޯދުމާއިގުޅޭގޮތުން ބ.އަތޮޅު ކައުންސިލާއި އިންޓެގްރަލް ޕްރައިވެޓް ލިމިޓެޑާއިއެކު ވެވޭ އެއްބަސްވުމުގައި ސޮއިކުރުން

ބ. އަތޮޅު ހަތަރު ރަށެއްގެ ކުނި މެނޭޖްކުރަން ބޭނުންވާ މެޝިނަރީޒް ސަޕްލައިކޮށް އިންސްޓޯލް ކުރަން ބ. އަތޮޅު ކައުންސިލުން ބަޔަކާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޓެގްރަލް ޕްރައިވެޓް ލިމިޓެޑް އާ އެވެ.

މިއީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓެއް ކަމަށާއި ނަމަވެސް އެއީ ކޮން ރަށްރަށެއް ކަމެއް ހާމައެއް ނުކުރައްވައެވެ.

މިމަސައްކަތް ހަވާލުކުރުމުގެ ގޮތުން އިއްޔެ ބ.އަތޮޅު ކައުންސިލުގައި ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި އިންޓެގްރަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޔާސީން އެވެ. ބ.އަތޮޅު ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ރައީސް މުހައްމަދު އަފްރާހު އެވެ.

މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައިވާ މުއްދަތަކީ 120 ދުވަހެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top