ރެޑްވޭވުން ޝާޕް ބްރޭންޑްގެ ”ފްރަންޓް ލޯޑް” ދޮންނަމެޝިން ވިއްކަން ފަށައިފި

large_158669307152xijZ.jpg

ރައްޔިތންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމުގެ ރެޑްވޭވް ކުންފުނީގެ ފިހާރަތަކުން ޝާޕް ބްރޭންޑުގެ އެޑްވާންސް އިންވާޓާ “ފްރަންޓް ލޯޑް” ދޮންނަމެޝިން ރާއްޖެއަށް ތައާރަފްކޮށް ވިއްކަން ފަށައިފި އެވެ. ”ޝާޕް” ބްރޭންޑަކީ ދިވެހިން އެތައް އަހަރެއްގެ ކުރިންފެށިގެން ތަޖްރިބާ ކޮށްފައިވާ އިތުބާރު ބްރޭންޑެކެވެ.

ރައްޔިތުން އެންމެ ބޭނުންވާތަކެތި އެކަށީގެންވާ އަގުގައި ވިއްކުމަށް މަޝްހޫރު ރެޑްވޭވްފިހާރަތަކުން އަލަށް ތައާރަފްކުރި ޝާޕް ބްރޭންޑުގެ އެޑްވާންސް އިންވާޓާ “ފްރަންޓް ލޯޑް” ދޮންނަ މެޝިނަކީ ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތީން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައިވާ މޮޑެލް އެއް ކަމަށް ރެޑްވޭވުން ބުނެއެވެ.

އަލަށް ތައާރަފްކުރި މި ދޮންނަ މެޝިނާބެހޭ ގޮތުން ރެޑްވޭވުން ބުނީ މި ދޮންނަ މެޝިނަކީ ޖަޕާނުގެ ޓެކްނޮލޮޖީއިން ފަރުމާކުރެވިފައިވާ މޮޅު އިންވާޓަރ މޮޓޯރު ހިމެނޭ ދޮންނަމެޝިނެއްކަަމަށާއި މި މެޝިނަކީ ކަރަންޓާއި ފެނުގެ ޚަރަދު ކުޑަ މެޝިނެއްކަމަށެވެ. އަދި ކޮންމެ ވައްތަރެއްގެ ފޮއްޗެއްވެސް ދޮވެލުމުގެ ގާބިލްކަން ލިބިފައިވުމާއެކު އަޑުމަޑު މެޝިނެކެވެ.

ޝާޕް ބްރޭންޑުގެ އެ ދޮންނަ މެޝިން ރެޑްވޭވުން ވިއްކަނީ ސާވިސް ވޮރަންޓީއާއި ވެސް އެކުގައެވެ.

ރެޑްވޭވުން ބުނީ ޝާޕްގެ އިތުރު ރޭންޖުތަކެއް ރެޑްވޭވްގެ ރޯދަ ސޭލްގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ތައާރަފު ކުރެވިގެންދާނެ ކަމަށެވެ.

ރެޑްވޭވްގައި މިހާރު ކުރިއަށްދާ ރޯދަސޭލްގައި 500 އިން މަތީގެ ހުރިހާ ވިޔަފާރިއަކަށް ލިބޭ ކޫޕަނުން 100،000 ރުފިޔާ އަދި އިތުރު އިނާމު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top