ޗެމްޕިއަން ގޮއިދޫއަށް ކިހާދޫ އަތުން މޮޅެއް ނުވެވުނު

47175976_2180321652255834_8688836101005115392_o.jpg

ގޮއިދޫ އާއި ކިހާދޫ ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ/ދޮންފަނު ޒުވާނުންގެ ރޫހު

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި މިއަދު ދޮންފަނު އިންވިޓޭޝަން ކަޕްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ، ކިހާދޫ އަތުން މޮޅު ނުވެވި 1-1 އިން އެއްވަރުވެއްޖެ އެވެ.

ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ގޮއިދޫ ޓީމުންނެވެ. އެ ޓީމަށް ލަނޑު ކާމިޔާބު ކޮށްދިނީ 11 ވަނަ މިނިޓްގައި ހަސަން އިފްހާމް އެވެ. މޮޅަށް ކުޅުނު ކިހާދޫއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގައި އަލީ އަނީސް އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގޮއިދޫގެ ޝިރުހާން އަލީ އެވެ. ޝިރުހާންއަށް ޓްރޮފީ ހަވާލުކޮށްދެއްވީ ދޮންފަނު ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް މުހައްމަދު އަބްދުލްކަރީމު އެވެ

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވާދަ ކުރާނީ ދަރަވަންދޫ ކުޑަރިކިލެވެ. މެޗު ފަށާނީ ހަވީރު 4:00 ގަ އެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު