ދަރަވަންދުއާއި ގޮއިދުއަށް އިތުރު ޖެނެރޭޓަރު ސެޓެއް ފޮނުވައިފި

big_PJbPbeHHEuWxIPnYhGZ1hWoEm.jpg

އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ފެނަކައިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތުގެ ކެޕޭސިޓީ ބޮޑުކުރުމުގެ ގޮތުން ދަރަވަންދުއާއި ގޮއިދުއަށް އިތުރު ޖެނެރޭޓަރު ސެޓެއް ފޮނުވައިފިއެވެ.

އެގޮތުން ދަރަވަންދުއަށް 800 ކިލޯވޮޓުގެ ޖެނެރޭޓަރަކާއި ގޮއިދުއަށް 250ކިލޯވޯޓުގެ ޖެނެރޭޓަރެއް މިހާރުވަނީ ފޮނުވާފައި ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ގެންދަނީ ރާއްޖޭގެ 154 ރަށަކަށް ކަރަންޓުގެ ޚިދުމަތްދެމުންނެވެ.

ރަށްރަށަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތަކީ އާބާދީއިތުރުވަމުން އަންނަ ރަށްތަކުގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާ،  ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތައް ދިމާވާ ރަށްތަކާއި މަރާމާތުކުރަންޖެހޭ ނުވަތަ މައްސަލަތައް ދިމާވާ ޖަނަރޭޓަރުތައް ހުރި ރަށްތަކަށްވެސް ފެނަކައިން އަންނަނީ ޖަނަރޭޓަރު ފޯރުކޮށްދެމުން ކަމަސް ފެނަކައިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top