ސެމީ ފައިނަލްގެ ފުރަތަމަޖާގަ, ކެންދޫ ކަށަވަރު ކޮށްފި

DSCN8645.jpg

ކެންދޫއާއި ދޮންފަނު ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ :އީވީ

ބ.ފުޓްބޯލް ޗެލެންޖްގެ މިއަދުގެ މެޗް 0-2 އިން ދޮންފަނު ބަލިކޮށް ކެންދޫ މޮޅުވުމުން ސެމީފައިނަލްގެ ފުރަތަމަ ޖާގަ ކެންދޫ އަށްލިބިއްޖެ އެވެ.

ގްރޫޕް އޭގައި ހިމެނޭ ކެންދޫއަށް ، ސެމީފައިނަލްގެ ފުރަތަމަ ޖާގަލިބިފައިވަނީ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ، ކުޅުނު ދެމެޗުން ވެސް މޮޅުވެގެންނެވެ.

މިއަދުގެ މެޗުގައި ކެންދޫގެ ފުރަތަމަ ލަނޑުޖެހީ 54 ވަނަ މިނިޓްގައި އަލީ ޝާއިންއެވެ. ދެވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނު އަލީ ޖައިލަމްއެވެ.

މިގްރޫޕްގައި ދެން ހިމެނެނީ ދަރަވަންދޫއެވެ.

ސެމީފައިނަލްގައި ކެންދޫ ވާދަކުރަން ޖެހޭނީ ގްރޫޕް ބީއާއި ސީގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެވަނަ ޓީމާއެވެ. އެއިން ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ޓީމަށް ސެމީފައިނަލްގެ ޖާގަ ލިބޭނެއެވެ. ފުރަތަމަ ސެމީގައި ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއި، ގްރޫޕް ސީގެ އެއްވަނަ ޓީމެވެ.

މުބާރާތުގައި މާދަމާ އަކީވެސް ބޮޑު ދުވަހެކެވެ. ބައްދަލު ކުރާނީ އޭދަފުއްޓާއި ކުޑަރިކިލެވެ. އޭދަފުށި، މާދަމާ މެޗުން މޮޅުވެއްޖެނަމަ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީގެ ޖާގަ ކަށަވަރުކުރާނެ އެވެ.މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:15 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top