އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ގެ ވަގުތީ ނަތީޖާ ދައްކާގޮތުން އޭދަފުށީ ކައުންސިލުގެ ރައީސްކަމުގެ ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްަކްތކުރާ ކޮމެޓީގެ ރައީްގެ ގޮޑި އަމިއްލަ ކެންޑިޑޭތުންގެ ގޮތުގައި ކުރިމަތިލެއްވި ބޭފުޅުން ކާމިޔާބު ކުރައްވައިފި އެވެ.
އެގޮތުން އޭދަފުށީ ކައުންސިލުގެ ރައީސްކަމުގެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ކުރިމަތި ވާދަކުރެއްވި ސާމީ އިބްރާހީމް އެވެ. ސާމީ މިގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ކުރިމަތި ލައްވާފައިވާ ޒައިދު އަލީ އާ ވާދަކުރައްވައި ކުޑަތަފާތަކުންނެވެ.
އޭދަފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ކަންވެސް މިފަހަރު ކާމިޔާބު ކުރައްވާފައިވަނި އަމިއްލަ ގޮތުން ވާދަކުރެއްވި ރީތާ އަބްދުއްރައްޒާގެވެ. ރީތާ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީ ން މި ގޮނޑިއަށް ވާދަކުރެއްވި ފާތުމަތު އަބްދުއްރަހްމާން ބަލިކުރައްވާފައެވެ.
ރައީސުންގެ ގޮނޑި އަމިއްލަ ކެންޑިޑޭޓުން ކާމިޔަބު ކުރެއްވި ނަމަވެސް ކައުންސިލުގެ ގޮނޑިތަކާއި އަންހެނުންގެ ކޮމެޓީގެ މެޖޯރިޓީ ހޯދަފައިވަނި ޕީއެންސީގެ ކެންޑިޑޭޓުންނެވެ.




ކިޔުންތެރިންގެ ޚިޔާލު