ޝަލަބީއާ، އަންމަޑޭ އަދި ބަތޫލް ޖުލައި 26 ގައި އޭދަފުށި “ފަޅާލަނީ”

dfgh.jpg

ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިއުންތެރިންގެ ތެރޭގައި ހިމެނޭ ޝަލަބީ އިބްރާހީމް(ކ) ބަތޫލް(މ) އަދި އަންމަޑޭ. މިތިން ލަވަކިއުންތެރިން ހިމެނޭ ޝޯއެއް ޖުލައި 26 ގައި އޭދަފުށީގައި ބޭއްވުމަށް ފަސްމުގޫ ގްރޫޕުން ދަނީ ތައްޔާރުވަމުން / ފޮޓޯ: ފޭސްބުކް

ފަސްމުގޫ ރޯދަސޭލް 2017ގެ ނަސީބުވެރިން ހޮވައި، އިނާމް ހަވާލުކުރުމުގެ ގޮތުން އަންނަ ބުދަދުވަހުގެރޭ އޭދަފުށީގައި ބާއްވާ ސްޓޭޖްޝޯވއަށް ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިއުންތެރިން ކަމަށްވާ ޝަލަބީއާއި، އަންމަޑޭ އަދި ބަތޫލް އައުމަށް ހަމަޖެހިއްޖެއެވެ.

އޭދަފުށީ ފަސްމުގޫ ފިހާރައިން ބުނީ މިދިޔަ އަހަރެކޭވެސް އެއްގޮތަށް ވަަރަށް ކުލަގަދަ ހަރަކާތްތަކަކާއެކު ބާއްވާ މިޝޯގައި ޝަލަބީ އިބްރާހީމްއާއި، އަހްމަދު އިބްރާހީމް (އަންމަޑޭ) އަދި ޒުވާން އަންހެން ލަވަކިއުންތެރިޔާ ބަތޫލްގެ އިތުރުން ލައިވް މިއުޒިކް ބޭންޑެއްވެސް ޕާފޯމް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ފަސްމުގޫ ގްރޫޕްގެ ސޭލްސް އެންޑް މާކެޓިންގް ޑިރެކްޓަރ އިސްމާއީލް ޝަހީމް އީވީއަށް ވިދާޅުވީ މިނިވަންދުވަހާ ގުޅުވައިގެން ޖުލައި ސައްބީހުގައި މިޝޯ ބޭއްވުމުގެ މައިގަނޑު ބޭނުމަކަށްވީ، މިނިވަންދުވަހާ ގުޅިގެން ބ. އަތޮޅުގެ ރައްޔިތުން އަދި ޚާއްސަކޮށް އޭދަފުށީ ރައްޔިތުން ހެއްވާލުން ކަމަށެވެ.

“މިނިވަން ދުވަހަކީ ދިވެހިރާއްޖޭގައި އަބަދުވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ދުވަހެއް. މިއަހަރު ހަމަ ގަސްދުގަ އަޅުގަނޑުމެން މިޝޯ މިރޭވީ މިނިވަންދުވަހަށް، އެއީ އަޅުގަނޑުމެންގެ ކަސްޓަމަރުން ހެއްވާލުން. ބ. އަތޮޅުގެ ރައްޔިތުންނަށް ފަސްމުގޫ އަބަދުވެސް ދޭނީ އުފާވެރި ހަބަރު. ކުރާނީ ހިތްހަމަޖެހޭ ކަންކަން.” ޝޯ އާބެހޭގޮތުން އިސްމާއީލް ވިދާޅުވިއެވެ.

އިސްމާއީލް ވިދާޅުވީ މިދިޔަ އަހަރުގެ ޝޯއާ ހިލާފަށް މިއަހަރުގެ ޝޯ އިތުރަށް ކުލަގަދަވެފައި، ގިނަ އިނާމްތައް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިއަހަރުގެ ޝޯގައި މާލެއިން އުތުރުގައި ތިއްބެވި އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިން 3 ވިޔަފާރިވެރިއަކަށް ދައުވަތު ދޭނެކަމަށާ، ލައީ ޑްރޯގެ އިތުރުން ފަސްމުގޫ ޓީމުގެ އެންމެ ރަނގަޅު މުވައްޒަފުން ހޮވައި އިނާމު ދިނުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.

“ރާއްޖޭގެ އުތުރުގެ 3 ވިޔަފާރިވެރިންގެ ތެރެއިން އެންމެ ވަރުގަދަ 3 ވިޔަފާރިވެރިން ބައިވެރިވާނެ. ލަކީ ޑްރޯގައި އެކަނިވެސް އެއްލައްކަ ރުފިޔާގެ އިނާމާ ހަދިޔާ ކަސްޓަމަރުންނަށް ހަމައެކަނި މިދޫކޮށްލަނީ. އޭގެއިތުރުން މިއަހަރު އަލަށް ތައާރަފްކުރާ ބެސްޓް ސޭލްސް ރެޕްރެޒެންޓެޓިވް އަދިވެސް ފަސްމުގޫއަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އިނާމް ދިނުމަށްވެސް ހަމަޖެހިފައިވޭ.”

އިސްމާއީލް ވިދާޅުވީ މިއަހަރުގެ ޝޯގައި ހާއްސަ މެހްމާނުންނަށް މަރުހަބާ ކިޔާނީ ރެޑްކާޕެޓްގައި ކަމަށާ، ހާއްސަ މެހްމާނުންނަށް ޝޯ ހިނގަމުންދާއިރު ފެންވަރު ރަނގަޅު ޑިނަރ އެއްވެސް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ފަސްމުގޫ ގްރޫޕްގެ ފަރާތުން އޭދަފުށީގައި ހިންގާ ފަސްމުގޫ ފިހާރައަކީ ބ. އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ހޯލްސޭލް ވިޔަފާރި އާއި ރިޓެއިލް ވިޔަފާރި ހިންގާ ފަރާތެވެ. މިގްރޫޕްގެ ކާމިޔާބާއެކު ދާދި ފަހުންވަނީ ފަސްމުގޫ ހާޑްވެއަރގެ ނަމުގައި އިތުރު ފިހާރައެއް އޭދަފުށީ ބަނދަރު ސަރަހައްދުގައި ހުޅުވާފައެވެ. މިގްރޫޕުން މިދިޔަ އަހަރު ބޭއްވި ސޭލްގެ ލަކީ ޑްރޯ ނެގުމަށްވެސް މިދިޔައަހަރު ވަނީ މޯލްޑިވިއަން އައިޑަލްގެ ތަރިންނާއެކު އޭދަފުށީގައި ޝޯއެއް ބާއްވާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top