ރަށްރަށުގައި އެއްގަމު އުޅަނދު ދުއްވޭނެ އަދަދު ކަނޑައެޅުން ކައުންސިލުތަކަށް

DSCN4863-1.jpg

ރަށްރަށުގައި އެއްގަމު އުޅަނދު ދުއްވޭނެ އަދަދު ކަނޑައަޅަން ކައުންސިލްތަކަށް ބާރުދީ، ‘އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު’ ގެޒެޓް ކޮށްފި އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު އާންމުކުރި ގަވާއިދުގައިވާ ގޮތުން، ވަކިވަކި ރަށްރަށާއި ސިޓީތަކުގައި މި ގަވާއިދު ހިންގާނީ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލުންނެވެ.

އެ ގަވާއިދުގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށާއި ދިރިނޫޅޭ ރަށްރަށުގައިވެސް އެއްގަމު އުޅަނދު ބޭނުންކުރެވޭ އެންމެ ދިގު މުއްދަތު ކަނޑައަޅަން ޖެހެއެވެ. އަދި ކުންފުނިތަކާއި ވިޔަފާރި ތަކާއި އާއްމު ފަރުދުންގެ އިތުރުން ދައުލަތުގެ އިދާރާއެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވޭ އެންމެ ގިނަ އުޅަނދު ކަނޑައަޅަން ވެސް ޖެހެއެވެ.

އެ ރަށެއްގައި އެއްގަމު އުޅަނދު ދުއްވޭނެ އެންމެ ގިނަ އަދަދު ކަނޑައަޅާތާ މަދުވެގެން ހަ މަސް ތެރޭގައި އެ ގަވާއިދަށް އަމަލު ކުރަން ޖެހޭނެއެވެ.

ހުރިހާ ރަށެއްގައިވެސް އެއްގަމު އުޅަނދު ދުއްވޭނެ އެންމެ ގިނަ އަދަދު ބަލާއިރު ކައުންސިލުން ރިއާޔަތް ކުރަން ޖެހޭ ކަންތައްތަކެއް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، ރަށެއްގެ އާބާދީއާއި އެތަނެއްގައި ބޭނުންކުރަމުންދާ އުޅަނދުގެ އަދަދުގެ އިތުރުން މަގުތަކާއި ޕާކު ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބޮޑުމިނަށް ބަލަން ޖެހެއެވެ.

“އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު” ބުރާސްފަތި ދުވަހު ގެޒެޓު ކުރި ނަމަވެސް އެއަށް އަމަލު ކުރަން ފަށަން ޖެހެނީ ހަ މަސް ދުވަސް ފަހުން ޖޫން 16، 2021 ގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top