ލައްކައަކަށްވުރެ ގިނަ ޑޯޒް ވެކްސިން ރާއްޖެއަށް ލިބިއްޖެ

321470_3_865d3cb13ddefb7dcb4faa9d5e8ac389c802b47c_large.jpg

ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ހަދިޔާކުރި ވެކްސިން މިއަދު ރާއްޖެ ގެނެސްފައި.-- ފޮޓޯ: ޔުނިސެފް މޯލްޑިވްސް

ރާއްޖެއަށް އިތުރު 106020 ޑޯޒް ކޮވިޑްވެކްސިން މިއަދު ލިބިއްޖެއެވެ.

މިއީ ކޮވެކްސް ފެސިލީޓިގެ ދަށުން އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ކަމަށް ރާއްޖޭގައި ހުންނަ ޔުނިސެފްގެ އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

އެ ޓްވީޓުގައި ބުނީ ރާއްޖެއަށް ހަދިޔާކުރި ފައިޒާ ވެކްސިންގެ 100،620 ޑޯޒް ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް، ރާއްޖެ އަށް ބޭރުގެ އެކި ގައުމުތަކުން އެހީތައް ލިބެމުން އަންނަ އރު ކޮވެކްސް ޕްރޮގްރާމުގެ ދަށުން އެމެރިކާއިން ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ.

ރާއްޖެ އާއެކު އޭޝިއާ ސަރަހައްދަށް ކޮވެކްސް ފެސިލިޓީގެ ދަށުން ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް އެމެރިކާ އިން ކުރިން ބުނެފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް 396،358 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އޭގެ ތެރެއިން 366،165 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ އިރު ތިންވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް، 22،093 މީހުން ޖަހާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރަށްރަށުގައި ބޫސްޓާ ޑޯޒު ދިނުމުގެ ކަންކަން ހަމަޖައްސާނީ އެ ރަށެއްގެ ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލުންނެވެ.

ބޫސްޓާ ޑޯޒު ޖެހޭނީ ދެ ވަނަ ޑޯޒަށްފަހު ހަ މަސް ދުވަސްވެފައިވާ މީހުންނަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top